ކުޅިވަރު

އިންޑިޔާ ކުޅުންތެރިންގެ މަސައްކަތު ރޭޓް ރަނގަޅު - އަފްޣާން ކޯޗު


އިންޑިޔާއަކީ މަސަތްކަތު ރޭޓް ރަނގަޅު ކުޅުންތެރިން ހިމެނޭ، މޮޅު ޓީމެއްކަމަށް އަފްޣާނިސްޠާންގެ ކޯޗު ޕީޓަރ ސެގާޓް ބުނެފިއެވެ. މާދަމާ ކުޅޭ ސާފް ސުޒުކީކަޕްގެ ފައިނަލް މެޗާއި ގުޅޭގޮތުން ވާހަކަދައްކަމުން އެންމެ ފަހުގެ ޗެމްޕިއަން ޓީމްގެ ކޯޗު ބުނީ އިންޑިޔާގެ މަސައްކަތުގެ ރޭޓް ރަނގަޅުވެފައި، އެމީހުންގެ އުނދަގޫ ދަނޑުމަތީގައި ބޮޑުވާނެކަމަށެވެ. ނަތީޖާ ނެރެވޭ ފެންވަރުގެ ކުޅުންތެރިން އިންޑިޔާގައި ތިބިކަމަޑް އަފްޣާން ކޯޗު ބުންޏެވެ." އިންޑިޔާ ކުޅުންތެރިންގެ މަސައްކަތުގެ ރޭޓް އަހަންނަށް ފެނިއްޖެ. އެއްވެސް ޝައްކެއް ނެތް އެމީހުން ވަރުގަދަ ފައިޓެއް ދަނޑުމަތީގައި ދޭނެ. އެމީހުންގެ އުނދަގޫ ބޮޑުވާނެ. އެމީހުންގެ ސަޕޯޓަރުންގެ އުނދަގޫ ބޮޑުވާނެ. " ކޯޗު ބުންޏެވެ.އަފްޣާނިސްޠާން ކިބައިން ބަދަލުހިފަން ނިކުންނަ އިންޑިޔާގެ އިނގިރޭސި ކޯޗު ބުނީ ފެވަރިޓުންނަކީ އަފްޣާނިސްޠާންކަމަށެވެ. ސަބަބެއްކަމަށް އޭނާ ބުނީ އަފްޣާންގައި ޔޫރަޕްގައި ކުޅޭ ކުޅުންތެރިން ގިނަވުމެވެ." ފެވަރިޓަކީ އަފްޣާނިސްޠާން. އެޓީމްގައި ޔޫރަޕްގައި ކުޅޭ ފަނަރަ ކުޅުންތެރިން އެބަތިބި. އޭޝިޔާ ކުޅުންތެރިންނާއި ޔޫރަޕްގެ ކުޅުންތެރިންގެ ތަފާތު ބޮޑުވާނެ. " ކޯޗު ބުންޏެވެ. ނަމަވެސް ކޯޗު ބުނީ އަމިއްލަ ދަނޑުގައި ކުޅޭތީ ސަޕޯޓަރުންގެ އެހީއާއެކު އެޑްވާންޓޭޖް ނެގޭނެކަމަށް ޤަބޫލުކުރާކަމަށެވެ.ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން މާދަމާ އިރުއޮއްސި 18:00 ގައެވެ. މިމެޗުވެސް ޓީވީއެމްއިން ވަގުތުން ދައްކާނެއެވެ.