ޚަބަރު

ށ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ނެރުނު ހުދު ސަމާލު ދަމަހައްޓައިފި


މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ސަރަޙައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ށ.އަތޮޅުން ފެށިގެން އދ.އަތޮޅާ ހަމައަށް މިރޭ މެންދުރު 22:15އިން މިރޭ 3:15އާ ހަމައަށެވެ. އެގޮތުން އެ ސަރަޙައްދުގެ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވެއެވެ. އަދި ވިލާގަނޑުގައި 35 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފަކޮށްފައެވެ.

މިވަގުތު ތަކުގައި މިސަރަހައްދުގެ ކަނޑުތައް ގަދަވާނެތީ ކަނޑު ދަތުރު ކުރާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަސް މޫސުމާއި ބެހޭ ޤައުމީ އިދާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

މިއީ މިސަރަހައްދަށް މިއަދު މޫސުމާއި ބެހޭ ހުދު ސަމާލު ނެރުނު ދެވަނަ ފަރެވެ.