ޚަބަރު

ސްވިމިން ޕޫލަކަށް ވެއްޓި 4 އަހަރުގެ ކުއްޖަކު މަރުވެއްޖެ


ސްވިމިން ޕޫލަކަށް ވެއްޓި 4 އަހަރުގެ ކުއްޖަކު މަރުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލޭ އޯޝަން ފްރަންޓް ރެޒިޑެންސްގެ ސްވިމިންގެ ޕޫލަށް 4 އަހަރުގެ ކުއްޖަކު ވެއްޓިގެން ހުލުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓް މިއަދު ހަވީރު 17:10 ހާއިރު ލިބިފައިވާކަމަށެވެ.

ހޮސްޕިޓަލަށް ގެންދިޔަތާ ގިނަ އިރުތަކެއް ނުވަނީސް ކުއްޖާ މަރުވެފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.