ޚަބަރު

އެޕާޓްމެންޓް ދޭނެކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ނެގި ބަޔަކު ހޯދަނީ


އެޕާޓްމެންޓް ކުއްޔަށް ދޭނެކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ނެގި މައްސަލައެއްގައި ދެމީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

މި މައްސަލާގައި ފުލުހުން ހޯދަމުން އަންނަނީ އދ. މާމިގިލި / ނޭޕާލް، ޢާއިޝަތު މާޝާ ޝާހީން (26އ) އާއި ހއ. ހޯރަފުށި / އަޝްރަފީގެ، ނައުފަލް އަޙްމަދު (33އ) އެވެ.

ދިވެހިން ފުލުހުންގެ ޙިދުމަތުން ވިދާޅުވީ މި ދެމީހުން ހޯދަނީ މީހަކަށް އެޕާޓްމަންޓެއް ކުއްޔަށް ދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށްކަމަށެވެ. މި ދެމީހުން އުޅޭ ތަނެއް މި މީހުންގެ އާއިލާއަށްވެސް ނޭގޭކަމަށާއި އެހެންކަމުން މި މީހުން ތަހުޤީގަށް ހާޒިރުކުރުމަށް ޗިޓް ރައްދުކުރެވިފައި ނުވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ގަލޮޅު ޕޮލިހުން ތަހުޤީގުކުރާ މި މައްސަލާގައި މި ދެ މީހުން މިމަހުގެ 13 ވަނަދުވަހު ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.

އެޕާޓްމަންޓްތައް ކުއްޔަށް ދޭނެކަމަށް ބުނެ ގިނަ އަދަދެއްގެ އަތުން ބޮޑެތި އަދަދުން ފައިސާ ހޯދާ މަކަރާއި ހީލަތް ހެދި މައްސަލަތައް މީގެ ކުރިންވެސް ވަނީ ފެންމަތިވެފައެވެ.