ޚަބަރު

މިސްރުގައި ކިޔަވަމުންދިޔަ ދިވެހި ދަރިވަރަކު ނިއާވެއްޖެ


މިސްރުގެ ވެރިރަށް ޤާހިރާގައި މަތީ ތަޢުލީމު ހާސިލުކުރަމުންދިޔަ ދިވެހި ދަރިވަރަކު ކުއްލި ގޮތަކަށް ނިއާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޤާހިރާގައި ރޭ ނިއާވީ މިންހާޖް ޢީސާއެވެ.

ގއ. ދެއްވަދޫއަށް ނިސްބަތްވާ މިންހާޖް ޢީސާ، ޢަރަބިއްޔާ ސްކޫލުން މަތީ ސާނަވީ ފުރިހަމަކުރުމަށްފަހު މިސްރުގައި ދިޔައީ އެއަރކްރާފްޓް އިންޖިނިއަރިން ދާއިރާއިން މަތީތައުލީމު ޙާސިލުކުރަމުންނެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ނިއާވި އެ ދަރިވަރުގެ އާއިލާއަށް ފޮރިން މިނިސްޓްރީން ގުޅައި، ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި ޤާހިރާގައި ތިބި ދަރިވަރުންނާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި އެހީތެރިކަން ފޯރުކޮށްދެމުންގެންދާނެކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.