ދީން

ސިޙުރު ހެދުމަކީ ބޮޑު ފާފައެއް- ހުކުރު ޚުތުބާ


ސިޙުރުގެ ބަލިމަޑުކަމަކީ މިހާރަކަށް އައިސް ފެތުރެމުންދާވަބާއެއްކަމަށާއި، މިކަމަކީ މާތް ﷲ ޙަރާމް ކުރައްވާފައިވާ ބޮޑެތި ފާފަތަކުގެތެރޭގައި ހިމެނޭ ފާފައެއްކަމުން އެކަމުން ދުރުވެތިބުމަށް މިއަދުގެ ހުކުރުޚުތުބާގައި ގޮވާލައްވައިފިއެވެ. ސިޙުރު ހާހުރައަކީ، އެކަމުގެ ސަބަބުން ބައެއް މީހުންގެ އަރާމު ނިދީގެ ނިޢުމަތުންމަހްރޫމު ކުރުވާ އެއްޗެކަމަށާއި، އަނެއްބަޔަކަށް ނުތަނަވަސްކަމާ ހިތްހަމަނުޖެހުންވެރިވާއެއްޗެއްކަމަށް ޚުތުބާގައި ފާހަގަކުރައްވާފައިވެއެވެ. އަދި މިކަމަކީއިސްލާމީ މުޖުތަމަޢެއްގައި ފެތުރިގެންވާނޭ ކަމެއް ނޫންކަމަށް ހުކުރު ޚުތުބާގައިއިލްތިމާސްކުރެއްވިއެވެ. އެހެންނަމަވެސް އީމާންކަން ބަލިކަށިވުމުގެ ސަބަބުން،ތިމާގެ ކިބައިގައި ނެތް ކުޅަދާނަކަމެއް ހޯދައިގަތުމުގެ މަޤްޞަދުގައި ބައެއް މީހުންސިޙުރު ހާހޫރައިގެ ބޭނުންކުރާކަމަށް ވިދާޅުވިއެވެ. މިފަދަ ކުޅަދާނަކަމަކީ، ސިޙުރުހަދާމީހާ މާތް ﷲ އަށް އުރެދި، ޝައިޠާނާ މެދުވެރިކޮށް ކުރާކަމަށްވާތީ، ޝައިޠާނާސިޙުރު ހަދާމީހާއަށް ދީނުން ބޭރުވާފަދަ ކަންކަމަށް އަމުރުކުރާކަމަށް ޚުތުބާގައިފާހަގަކުރެއްވިއެވެ. އަދި އެ އަމުރުތަކަށް ކިޔަމަންވުމުން ނޫނީ ޝައިޠާނާގެ ވާގިވެރިކަމެއްއެމީހަކަށް ނުލިބޭނެކަމަށްވެސް ވިދާޅުވިއެވެ.ސިޙުރަކީ ހަގީގަތެއް ނޫންކަމަށް ބައެއް މީހުން ބުނިނަމަވެސް، ސިހުރަކީސާބިތުވާކަމެއްކަމަށް މިއަދުގެ ޚުތުބާގައި ވިދާޅުވިއެވެ. ފަނާކުރަނިވި ބޮޑެތި ފާފަތަކުގެ ތެރޭގައި ސިޙުރު ހިމަނުއްވާފައިވުމުން އެކަމުގެނުބައިކަމާ ސުންޕާކަން އެނގި ކަށަވަރުވާކަމަށާއި، އެހެންކަމުން މާތް ﷲ ގެރުހިވޮޑިގަތުމާ އާޚިރަތުގެ ބާއްޖަވެރިކަން ހޯދުމަށް އެކަންކަމުން ދުރުހެލިވުމަކީކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް މިއަދުގެ ޚުތުބާގައި އިލްތިމާސްކުރެއްވިއެވެ.