ކުޅިވަރު

ކޮމަންވެލްތް ގޭމްސް ދަންމަރާއެކު ރާއްޖޭގެ އުތުރުގައި ޙާރަކާތްތަކެއް


ބަރމިންގހަމް 2022 ކްއީންސް ބެޓްން ނުވަތަ ކޮމަންވެލްތް ގޭމްސްގެ ދަންމަރާއެކު ކުރިއަށް އޮތް ތިން ދުވަހު ހއ އާއި ހދ.ގެ ރަށްތަކުގައި އިވެންޓްތަކެއް ކުރިއަށްދާނެކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީއިން ވިދާޅުވެއްޖެއެވެ. މިސަރުކާރުން ކޮމަންވެލްތުގައި ބައިވެރިވުމާއެކު، ރާއްޖެއަށް މިހާރުވަނީ ކޮމަންވެލްތު ގޭމްސްގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައެވެ. ކޮމަންވެލްތް ގޭމްސްގެ ދަންމަރު ރާއްޖެ އައުމާއެކު އެދަންމަރަށް މަރުބަހާ ދަންނަވާފައިވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ކޮމަންވެލްޓް ދަންމަރު އާއުމާއެކު އެދަންމަރަށް މަރުހަބާ ކިއުމާއި ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުން ފުރުމުގެ ރަންޔޫބީލް ފާހަގަކުރުމުގެގޮތުން ވަނީ އެކަމަށްޓަކައި ހާއްސަ މިއުޒިކް ޝޯއެއްވެސް ބާއްވާފައެވެ. މިޝޯގައި އާންމުންނަށް ދަންމަރު ދައްކާލާފައިވާއިރު، ދަންމަރާއެކު ފޮޓޯ ނެގުމުގެ ފުރުޞަތުވެސް ވަނީ ދީފައެވެ.

ކޮމަންވެލްތު ގޭމްސްގެ ދަންމަރުގެ ހަރަކާތްތައް ނޮޅިވަރަމްފަރު، ނޮޅިވަރަމް އަދި ދިއްދޫގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މިއިން ކޮންމެ ރަށެއްގައިވެސް ބެޓަންއާއިއެކު ދިގު ދުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ކޮމަންވެލްތު ގޭމްސް އެސޯސިއޭޝަން މޯލްޑިވްސްގެ ރައީސް އަދި މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު ވިދާޅުވީ މިއީ ރާއްޖެއަށް ވަރަށް ތާރީޚީ ފަހަރެއްކަމަށާއި ކޮމަންވެލްތުގައި ރާއްޖެއިން ބައިވެރިވުމާއެކު، މިފަދަ ފުރުސަތެއް ރާއްޖެއަށް ލިބިގެންދިއުމަކީ ކޮމަންވެލްތުގެ ގައުމުތަކުން ރާއްޖެ ބަލައިގަނެފައިވާކަމުގެ ހެއްކެއްކަމަށެވެ.

މިދަންމަރާއެކު މިތިން ރަށުގައިވެސް ދުވުމުގެ އިތުރުން ގޮޑުދޮށް ސާފު ކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އަދި ބައެއް ޚާއްސަ ފަރާތްތަކުން އެފަރާތްތަކުން ކުރިއެރުމަށް ކޮށްފައިވާ މަސައްކަތްވެސް ޙިއްސާކުރުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން މިދަންމަރާއެކު އެންމެ ބޮޑު ހަރަކާތެއް ކުރިއަށްދާނީ ހދ.ދިއްދޫގައެވެ. އެރަށުގައި ދަންމަރާއެކު ސްޕޯޓްސް ފެސްޓިވަލެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.