މުނިފޫހިފިލުވުން

މިދިޔަ ދެ އަހަރުގެވެސް އެންމެ ބޮޑު ހިޓަކަށް އަޖޭގެ "ތަންހާޖީ"


މިދިޔަ ދެ އަހަރުގެ އެންމެބޮޑު ހިޓަކަށް ޕްރޮޑިއުސަރ / އެކްޓަރ އަޖޭ ދޭވަގަންގެ ފިލްމު "ތަންހާޖީ:ދަ އަންސަންގް ވޮރިއަރ" ވެއްޖެއެވެ.

އަޖޭގެ އިތުރުން އަންހެނުން ކާޖޮލް އަދި ސައިފް ޢާލީޚާންވެސް ފެނިގެންދިޔަ މި ފިލްމު ވަނީ މިދިޔަ ދެ އަހަރުދުވަހުގެ ތެރޭގައި ޑޮމެސްޓިކް މާކެޓުން 280 ކްރޯޑް ރުޕީސް ހޯދާފައެވެ. އަދި މުޅިދުނިޔެއިން 3.67 ބިލިއަން ރުޕީސް ހޯދާފައެވެ.

"ތަންހާޖީ:ދަ އަންސަންގް ވޮރިއަރ" އަށް 3.67 ބިލިއަން ރުޕީސް (49 މިލިއަން ޑޮލަރު) ލިބިފައިވާއިރު މި ފިލްމަކީ ބޮކްސް އޮފީހުގެ ބްލޮކް ބާސްޓަރއެއްކަމަށްވެސްވަނީ ކަނޑައަޅާފައެވެ. އަދި މި ފިލްމަކީ 2020 ވަނަ އަހަރު އެންމެ ބޮޑު ޢާމްދަނީއެއްވެސް ހޯދި ފިލްމެވެ.

އަޖޭ ބުނީ މި ފިލްމު މިހާބޮޑު ހިޓަކަށްވީ ފިލްމުގައި ވަޠަނީ ވަންތަކަން ހިމެނުމާއި މޮޅު ޑައިލޮގްތަކާއި އަދި ކާޖޮލްއާއި ސައިފްގެ ހުނަރުވެރި އެކްޓިންގެ ސަބަބުން ކަމަށެވެ.

އޯމް ރާއޯތް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި އަޖޭ، ކާޖޮލް އަދި ސައިފްގެ އިތުރުން ލޫކް ކެނީވެސް ފެނެއެވެ.