މުނިފޫހިފިލުވުން

އުފަންދުވަހުގެ ހަދިޔާއަކަށް ސަލްމާނަށް 12 ކްރޯޑްގެ އެޕާރޓްމެންޓެއް

ބޮލީވުޑް ސުޕަރ ސްޓާރ ސަލްމާން ޚާންގެ 56 ވަނަ އުފަންދުވަސް މި މަހުގެ 27 ގައި ވަނީ ފާހަގަކޮށްފައެވެ.
ސަލްމާންގެ ރައްޓެހިންނާއި އެކުގައި މަސައްކަތްކުރާ ފަރާތްތަކާއި ގިނަ އަދަދެއްގެ ފޭނުންވެސްވަނީ އޭނާއަށް އުފަންދުވަހުގެ ތަޙުނިޔާ ކިޔާފައެވެ. އަދި އެ ދުވަހުގެ ހަދިޔާގެ ގޮތުގައި ސަލްމާނަށްވަނީ ވަރަށް އަގުހުރި ހަދިޔާވެސް ލިބިފައެވެ.

ސަލްމާންގެ ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ކައިފާއި ޝިލްޕާ ޝެޓީ، ސަންޖޭދަތް އަދި ޖެކްލިން ފެނާންޑެޒްވެސް ވަނީ ސަލްމާނަށް އުފަންދުވަހުގެ ތަޙުނިޔާ ފޮނުވާފައެވެ.

މުނިފޫހިފިލުވައިދޭ ޚަބަރުތައް ގެނެސްދޭ އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރާގޮތުގައި އުފަންދުވަހުގެ ހަދިޔާއަކަށް ކެޓްރީނާ ސަލްމާނަށް ދިނީ 2 ލައްކަ ރުޕީސްއާއި 3 ލައްކަ ރުޕީސްއާއި ދެމެދުގެ އަގުހުރި ރަނުގެ ބްރޭސްލެޓެކެވެ.

ޖެކްލިން ހަދިޔާކުރީ 10 ލައްކަ ރުޕީސް އާއި 12 ލައްކަ ރުޕީސްއާއި ދެމެދުގެ އަގުހުރި އަތުކުރީ ގަޑިއެކެވެ. ސަންޖޭ ދަތް ޖަވާހިރުގެ ބްރެސްލެޓެއް ދިންއިރު ޝިލްޕާ ދިނީ ރަނާއި ޖަވާހިރުގެ ބްރޭސްލެޓެކެވެ. އަދި އަނިލް ކަޕޫރު ދިނީ 27 ލައްކަ ރުޕީސް އާއި 29 ލައްކަ ރުޕީސްއާއި ދެމެދުގެ އަގުހުރި ލެދަރ ޖެކެޓެކެވެ.

މީގެއިތުރުން ސަލްމާންގެ ޢާއިލާއިންވެސް ވަނީ ސަލްމާނަށް ވަރަށްއަގު ބޮޑެތި ހަދިޔާތައް ދީފައެވެ. ކޮއްކޮ އަރުޕިތާ ރޮލެކްސް ގަޑިއެއް ސަލްމާނަށް ހަދިޔާކުރިއިރު ސުހައިލް އާއި އަރްބާޒް ދިނީ ބީއެމްޑަބްލިޔު ކާރަކާއި އޯޑީ ކާރެކެވެ. އަރުޕިތާގެ ފިރިމީހާ އަޔުޝް ދިނީ އަތުގައި އަޅާ ރަން ޗެއިން އެކެވެ.

އެންމެ ޙާއްޞަ ހަދިޔާއެއް ދިނީ ސަލްމާނުގެ ބައްޕަ ސަލީމް ޚާންއެވެ. ސަލީމްވަނީ އިންޑިއާގެ ޖުހޫއިން 12 ކްރޯޑް ރުޕީސް އާއި 13 ކްރޯޑް ރުޕީސްއާއި ދެމެދުގެ އަގުބޮޑު އެޕާރޓްމެންޓެއް ދަރިފުޅަށް ހަދިޔާކޮށްފައެވެ.