ޚަބަރު

މާލޭގެ ކުނި މެނޭޖްކުރުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނަށް !


މާލެ ސަރަހައްދުގައި ޖަމާވާ ކުނި މެނޭޖު ކުރުމުގެ
މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާ ޙަވާލުކުރައްވައިފިއެވެ. ވޭސްޓް މެނޭޖްމަންޓް
ކޯޕަރޭޝަނަކީ މުޅި ރާއްޖޭގައި އުފެދޭ ކުނި ނައްތާލަން 2009 ވަނަ އަހަރު ސަރުކާރުން އުފެއްދެވި ކުންފުންޏެކެވެ.



އެންވަޔަރަމަންޓު މިނިސްޓްރީގައި ބޭއްވި
ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ
އެންވަޔަރަމަންޓް މިނިސްޓަރު ޠާރިގް އިބްރާހީމްއެވެ. ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ
ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފުއާދުއެވެ.



މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު
އެންވަޔަރުމަންޓް މިނިސްޓަރ ތޯރިޤް އިބްރާހީމް ވިދާޅުވީ، ވަރަށް އަވަސް
މުސްތަޤްބަލެއްގައި މާލޭގެ ކުނީގެ މައްސަލައަށް ވަރަށް ބޮޑު ޙައްލެއް
އަންނާނެކަމަށް ޤަބޫލުފުޅުރައްވާކަމަށެވެ.



މި ރަސްމިއްޔާތުގައ ވާހަކަފުޅު ދައްކަވަމުން  ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ މެނޭޖިން
ޑިރެކްޓަރު އިބްރާހިމް ފުއާދު ވިދާޅުވީ، މާލޭގެ ކުނީގެ މައްސަލަ
ހައްލުކުރެއްވުމުގެ ގޮތުން ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި މާލޭގައި
ކުނި ކަލެކްޓިންގް ޕޮއިންޓް ޤާއިމްކޮށް ކުނި ނެގުމުގެ މަސައްކަތް ފެށޭނެކަމަށެވެ.



ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުން ކުރުމަށް ރާވާފައިވާ
ކަންކަމުގެ ތެރޭގައި މާލޭގެ ކުނި އުފުލުގެ މައްސަލަ ހައްލުކުރުމަށް ތިމާވެއްޓާއި
ރައްޓެހި ގޮތްތަކެއް ތަޢާރަފްކުރުން ހިމެނެއެވެ. މީގެ އިތުރުން  ތިލަފުށީގައި މިކަމަށް ބޭނުންވާ ވަސީލަތްތައް
ޤާއިމް ކުރެވި، ކުނި ނައްތާލުމުގެ މަސައްކަތް އެންމެ އެދެވޭ ގޮތުގައި ކުރިއަށް
ގެންދިއުމަށްވެސް ވަނީ ރާވާފައެވެ.