ޚަބަރު

ކުނިބާޖުތައް މާދަމާ އެމްޕީއެލް ސަރަހައްދަށް ބަދަލުކުރަނީ


މާދަމާއިން ފެށިގެން ކުނިބާޖުތައް އެމްޕީއެލް ސަރަހައްދަށް ބަދަލު ކުރުމަށް ނިންމައި، އެކަމުގެ އެއްބަސްވުމުގައި ސޮއި ކުރައްވައިފިއެވެ.މިހާރު ކުނި ބާޖުތައް އޮންނަނީ، މާލޭގެ ހުޅަނދު ފަރާތުގައި ވިލިގިލީ ފެރީ ޓާރމިނަލް ކައިރީގައެވެ. މިއަދު ހައުސިން މިނިސްޓްރީގައި އޮތް ސޮއިކުރުމުގެ ރަސްމިއްޔާތުގައި، ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، ކުނިބާޖުތައް، އެމްޕީއެލްގެ މީރުބަހުރުވަ ބަނދަރަށް ބަދަލު ކުރަން ނިންމީ، ހަމަސް ދުވަހަށް ކަަމަށެވެ. މިނިސްޓަރ ވިދާޅުވީ، މިހާރު ކުނި ބާޖުތައް އޮތް ސަރަހައްދުން އެ ބާޖުތައް ނެގުމަސް ނިންމީ އެ ސަރަހައްދަކީ، މިހާރު  ސުނާމީބިނާ ބަހައްޓައި، ޕާކަކާއިއެކު ތަރައްޤީ ކުރުމަށް ނިންމާފައިވާ ސަރަހައްދަކަށް ވުމުން ކަމަށާއި، މިކަމަށް ދާއިމީ ހައްލެއް ހަމަސް ދުވަހުގެތެރޭގައި ގެންނަން މަސައްކަތް ކުރައްވާނެ ކަމަށެވެ.