ކުޅިވަރު

ޓިކެޓް ނުލިބިގެން ދަނޑަށް ނުވަދެވި ނުހުންނާނެ – ކޮންސިއުލޭޓް


ސާފް ސުޒުކީކަޕް ފުޓްބޯޅަ މުބާރާތުގެ މެޗުތައް ބަލަން ޓިކެޓް ނުލިބިގެން ނުވަދެވި ހުންނަން ނުޖެހޭނެކަމަށް ޓްރިވެންޑްރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓުން ބުނެފިއެވެ. ކޮންސުލް އަލީ އާދަމް ވިދާޅުވީ ރާއްޖެ ގްރޫޕް ސްޓޭޖްގައި ކުޅުނު ތިން މެޗުގައިވެސް ޓިކެޓް ނުލިބިގެން ނުވަދެވި ހުރެގެން ނުވާނެކަމަށާއި، ޓިކެޓް ފޯރުކޮށްދިންކަމަށެވެ." ޓިކެޓް ނުލިބިގެން ނުވަދެވި ހުންނާކަށް ނުޖެހޭނެ. ކޮންސިއުލޭޓުންނާއި ސްޓޭޑިއަމް ގޭޓްތަކުންވެސް ޓިކެޓް ބެހިން. މާދަމާ މެޗުގެ ޓިކެޓްތައްވެސް މިހާރު ހުރީ ލިބިފައި. މާދަމާ ދޫކުރާނަން. ދޫކުރާނީ ދިވެއްސެއްކަން އަންގައިދޭ ލިޔުމެއް ގެނައުމުން، ޓިކެޓް ދެވެނީ ދިވެއްސަކަށްކަން ކަށަވަރުކޮށްފަ. " އަލީ އާދަމް ވިދާޅުވިއެވެ.އޭނާ އިތުރަށް ވިދާޅުވީ ޓިކެޓް ނެގުމަށްފަހު ސްޓޭޑިއަމްއަށް ދިއުމަށް އެދޭކަމަށާއި، އިޙްލާސްތެރިވާންވާނެކަމަށެވެ." ޓިކެޓް ނެގުމަށްފަހު ނުދިއުން އެއީ އެމީހެއްގެ އިހުލާސްތެރިކަމާއި ގުޅިފައި އޮތްކަމެއް. ޓިކެޓް ދޫކުރުމުގެ ބޭނުމަކީ ސްޓޭޑިއަމްއަށް ދިވެހިން އިތުރުކުރުން. " ކޮންސުލް ވިދާޅުވިއެވެ.މާދަމާ ހެނދުނުން ފެށިގެން މާދަމާ މެޗުގެ ޓިކެޓްތައް ކޮންސިއުލޭޓުން ދޫކުރާނެއެވެ. އަދި މެޗު ފެށުމުގެ އެއް ގަޑިއިރު ކުރިން ފެށިގެން ސްޓޭޑިއަމް ގޭޓްތަކުން ދޫކުރާނެއެވެ.