ކުޅިވަރު

ސްޓީވަން ޖެރާޑު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ


އިންގްލިޝް ޕްރިމިއަރ ލީގުގެ އެސްޓަންވިލާގެ ކޯޗް ސްޓީވަން ޖެރާޑަށް ކޯވިޑް-19 އަށް ޕޮޒިޓީވް ވުމާ ގުޅިގެން އޭނާއަށް އެކްލަބްގެ ކުރިއަށް އޮތް ދެމެޗް ގެއްލޭނެކަމަށް ވިލާއިން ހާމަކޮށްފިއެވެ. މިގޮތުން ޖެރާޑަށް ގެއްލޭ ދެމެޗަކީ މިރޭ ޗެލްސީ އާއި ބައްދަލު ކުރާ މެޗާއި މިއަންނަ އަންގާރަ ދުވަހު ލީޑްސް ޔުނައިޓެޑައި ބައްދަލުކުރަ މެޗެވެ.

މިއީ މިއަހަރުގެ ތެރޭގައި ޖެރާޑަށް ކޮރޯނާ ވައިރަހުގެ ސަބަބުން ޓީމާއި ދުރަށް ދާންޖެހުނު ދެވަނަ ފަހަރެވެ. މިގޮތުން މިއަހަރުގެ ކުރީކޮޅު ރޭންޖަރސްގެ ކޯޗުގެ މަގާމްގައި ހުރި އިރުވެސް ދެމެޗް ގެއްލިގެން ގޮސްފައެވެ. ވިލާއިން މިދިޔަ ހޮނިހިރު ދުވަހު ބަރންލީ އާއި ބައްދަލުކުރަން އޮތް މެޗްވެސްވަނީ ކޮރޯނާ ވައިރަހުގެ ސަބަބުން ފަސްކޮށްފައެވެ.

ވިލާއިން ނެރުނު ބަޔާނުގައި ވާގޮތުން އެކްލަބުންވަނީ ޖެރާޑަށް ކޮރޯނާ ވައިރަސް ޖެހިފައިވާކަން ޔަގީން ކޮށްދީފައެވެ. އަދި ކުރިއަށް އޮތް ދެމެޗްގައި ވިލާގެ ބެންޗުން ނުފެންނާނެކަމަށްވެސް އެފަރާތުން ހާމަކުރެއެވެ. ވިލާގެ ކޯޗް ކަމާއި ޖެރާޑް ހަވާލުވިފަހުން މިހާތަނަށް ކުޅުނު ހަ މެޗްގެ ތެރެއިން ހަތަރު މެޗުން އެޓީމް މޮޅުވެ ބަލިވެފައިވަނީ ދެމެޗުންނެވެ.