ޚަބަރު

ޓެސްލާ ކާރު ދުއްވާއިރު ކާރުގެ ޓަޗްސްރީނުން ގޭމު ނުކުޅޭވޭގޮތަށް ހަދައިފި


ޓެސްލާ ކާރު ދުއްވާއިރު ކާރުގެ ޓަޗް ސްކްރީން މެދުވެރިކޮށް ގޭމު ނުކުޅެވޭ ގޮތަށް އެކުންފުނިން ހަދައިފިއެވެ.

މިގޮތަށް ހެދުމުން ޓެސްލާ ކާރެއް އެއްވެސް ގޮތަކަށް ދުއްވާ ނަމަ، ވަގުތުނުން ވަގުތުން ޕެސެންޖަރ ޕްލެއި ފީޗަރ ބޭނުން ނުކުރެވޭގޮތް ވެއެވެ. އަދި އެ ފީޗަރ ބޭނުން ކުރެވޭނީ ކާރު މަޑުކޮށްގެން އޮންނަ ޙާލަތުގައި އެކަންޏެވެ. މިފަދަ ބަދަލެއް ޓެސްލާއިން ގެނެސްފައި މިވަނީ އެމެރިކާގެ ނޭޝަނަލް ހައިވޭއި ޓްރެފިކް ސޭފްޓީ އެޑްމިނިސްޓްރޭޝަނުން ތަހުޤީޤެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ.

މިކަމުގައި ޓެސްލާއިން ރަސްމީ ސިފައެއްގައި ބަޔާނެއް ނެރެފައި ނުވިނަމަވެސް، މިބަދަލު ސޮފްޓްވެއަރ އަޕްޑޭޓާއެކު އަންނާނެކަމަށް އެކުންފުނިން ވަނީ ޔަޤީންކޮށްދީފައެވެ.

ޓެސްލާ ކާރުތަކުގައި ޕެސެންޖަރ ޕްލެއި ފީޗާރއަކީ ކާރު ދުއްވާ މީހާ ފިޔަވައި ކުރީ ސީޓުގައި ދެންއިންްނަ މީހާ ބޭނުންކުރަން ފަރުމާކުރި ފީޗާއެކެވެ. މި ފީޗާރ ފުރަތަމަ ތާޢަރަފު ކުރީވެސް ކާރު ނުދުއްވާ ވަގުތު ބޭނުން ކުރެވޭގޮތަށެވެ. މިކަން ބަދަލު ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.