ޚަބަރު

ޔަހޫދީންގެ ޙަމަލާތަކުގައި ފަލަސްޠީނުގެ 300 މީހުން ޒަޚަމުވެއްޖެ


ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ އެކި ސަރަޙައްދުތަކުގައި ޔަހޫދީންގެ އިސްތިޢުމާރީ ފައުޖުތަކުން ދިން ޙަމަލާތަކުގައި ފަލަސްޠީނުގެ 300އަށްވުރެ ގިނަ މީހުން ޒަޚަމުވެއްޖެއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފަލަސްޠީނުގެ މިނިވަންކަމަށް ހަނގުރާމަކުރާ ޖަމާޢަތްތަކުންވަނީ ޔަހޫދީންގެ އިސްތިޢުމާރީ ފައުޖުތަކާ ކުރިމަތިލައިފައެވެ. އެ ގޮތުން އެ ޖަމާޢަތްތަކުގެ ހަނގުރާމަވެރިންވަނީ ހުޅަނގު އައްސޭރީގެ ތަފާތު ތިން ސަރަޙައްދެއްގައި ބަޑީގެ ޙަމަލާތަކެއް ބަދަލުކޮށްފައެވެ. ހުޅަނގު އައްސޭރީގައި ބަދަލުކުރަމުންދާ ޙަމަލާތަކުގެ ތެރެއިން އެންމެ މަޞްރަޙު ގޯސްވެފައިވަނީ ނާބުލުސްގައި އޮންނަ ބުރުޤާ އަވަށުގައެވެ.

ފާއިތުވި ދުވަސްތަކުގައި އެ އަވަށުގައި ޔަހޫދީންވަނީ ލާއިންސާނީ ބޮޑެތި ޖަރީމާތަކެއް ހިންގައިފައެވެ. އެ ގޮތުން ޔަހޫދީންގެ އިސްތިޢުމާރީ ފައުޖުތަކުން ދިން ޙަމަލާތަކުގައި ފަލަސްޠީނުގެ 300އަށްވުރެ ގިނަ މީހުންވަނީ ޒަޚަމުވެފައެވެ. އޭގެ ތެރެއިން 10 މީހުން ޒަޚަމުވެފައިވަނީ ޔަހޫދީންގެ އިސްތިޢުމާރީ ފައުޖުތަކުން ދިން ބަޑީގެ ޙަމަލާތަކުގައެވެ. އަދި ޔަހޫދީން ރަބަރު ވަޒަން ބޭނުންކުރުމުގެ ސަބަބުން އިތުރު 48 މީހުން ޒަޚަމުވެފައިވެއެވެ.

ޔަހޫދީންގެ އިސްތިޢުމާރީ ފައުޖުތަކުގެ އިތުރުން ޙައްދުފަހަނައަޅާފައިވާ ޔަހޫދީ ޖަމާޢަތްތަކުންވެސްވަނީ ހުޅަނގު އައްސޭރީގެ އެކި ސަރަޙައްދުތަކުގައި ފަލަސްޠީނުގެ ޢާއްމުންނަށް ޙަމަލާތައް ދީފައެވެ.