ދުނިޔެ

އަންނަ އަހަރު ޔޫކްރެއިނަށް ގިނަ ލޯނުތަކެއް ލިބޭނެ- ބޮޑުވަޒީރު


2016 ވަނަ އަހަރު ބައިނަލްއަޤްވާމީ ފަރާތްތަކުން ޔޫކްރެއިންއަށް 10 ބިލިއަން ޑޮލަރު، ލޯނުގެ ގޮތުގައި ލިބޭނެ ކަމަށް ޔޫކްރެއިންގެ ބޮޑުވަޒީރު އަރްސޭނީ ޝެޓްސިއުނިކް ވިދާޅުވެއްޖެއެވެ.ޔޫކްރެއިންގެ ވެރިރަށް ކިއޭވްގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޔޫކްރެއިންގެ ބޮޑުވަޒީރު ޝެޓްސިއުނިކް ވިދާޅުވީ، ޔޫކްރެއިންގެ އިޤްތިސާދު ހަމައަކަށް އެޅުވުމަށް މާލީ ސިޔާސަތު އިސްލާހުކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށާ ބައިނަލްއަޤްވާމީ މާލީ އިދާރާގެ ޕްރޮގްރާމްގައި ޔޫކްރެއިނުން ބައިވެރިވާނެ ކަމަށެވެ.އަންނަ އަހަރު ޔޫކްރެއިންއަށް ލިބޭ ލޯނުގެ އެހީތައް ހޯދާނީ ބައިނަލްއަޤްވާމީ މާލީ އިދާރާ އައި.އެމް.އެފް އާއި ވޯލްޑް ބޭންކް އަދި މާލީ އެހެން އިދާރާތަކުން ކަމަށް ވެސް ޔޫކްރެއިންގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.ޔޫކްރެއިންގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެގައުމުގެ އިޤްތިސާދަށް ވަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައެވެ.