ދުނިޔެ

އައި.އެސްގެ ލީޑަރުންތަކެއް މަރާލައިފިން- އެމެރިކާ


ހުސްވި ނޮވެމްބަރ މަހު ފަރަންސޭސިވިލާތަށް ދިން ޓެރަރިސްޓް ހަމަލާގެ ފަހަތުގައި އައިއެސް ޖަމާޢަތުގެ ބައެއް ލީޑަރުން، ވޭތުވެދިޔަ އެއް މަސްދުވަހުގެތެރޭ ބައިނަލްއަޤްވާމީ ގުޅިފައިވާ އިއްތިހާދުން އައި.އެސްގެ އަމާޒުތަކަށް ދީފައިވާ ހަމަލާތަކުގައި،  މަރާލާފައިވާ ކަމަށް އެމެރިކާއިން ހާމަކޮށްފިއެވެ.ބައިނަލްއަޤްވާމީ އިއްތިހާދުގެ ފަރާތުން ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ އަސްކަރިއްޔާގެ ކާނަލް ސްޓީވް ވޯރަން ވިދާޅުވީ ވޭތުވެދިޔަ އެއްމަސްދުވަހުގެ ތެރޭގައި ބައިނަލްއަޤްވާމީ އިއްތިހާދުން ދިން ހަމަލާތަކުގައި އައި.އެސްގެ 10 ލީޑަރުން މަރާލާފައިވާ ކަމަށެވެ. އަދި މީގެ ތެރޭގައި ޕެރިހަށް ދިން ހަމަލާ ރޭވުމުގައި ބައިވެރިވި މީހުން ވެސް ހިމެނޭ ކަމަށް ވޯރަން ވިދާޅުވިއެވެ. ވޯރަން ވިދާޅުވީ، މި ހަމަލާތަކަކީ އައި.އެސްގެ ލީޑަރުންނަށް ޙާއްސަކޮށްގެން ދީފައިވާ ހަމަލާތައް ކަމަށެވެ.ޕެރިހުގެ އެކި ސަރަހައްދުތަކަށް ނޮވެމްބަރުމަހު ދިން ބޮމާއި ބަޑީގެ ހަމަލާތަކުގައި 130 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.