ދުނިޔެ

ކަނޑުމަގުން ވިލާތަށް ދިޔަ ރެފިއުޖީންގެ އަދަދު 1 މިލިއަނަށް !


މިއަހަރު ކަނޑުމަގުން ވިލާތުގެ ޤައުމުތަކަށް މިލިޔަނަކަށް ވުރެ ގިނަ މީހުން
ހިޖުރަކޮށްފައިވާ ކަމަށް ރެފިއުޖީންނާ ބެހޭ އދ.ގެ އިދާރާއިން ހާމަކޮށްފިއެވެ.



މީގެ ތެރެއިން %80 މީހުން އެންމެ ފުރަތަމަ
ވަދެފައިވަނީ، ގްރީސްއަށް ކަމަށް އދގެ
އިދާރާއިން ހާމަކުރެއެވެ. ގްރީސްއަށް ހިޖުރަކުރި މީހުންގެ ތެރެއިން 844 ހާސް
މީހުންނަކީ، ތުރުކީވިލާތުން އެގައުމަށް
ހިޖުރަކުރި މީހުންނެވެ.



މެޑިޓެރޭނިއަން ކަނޑު ހުރަސްކޮށް 150 ހާސް މީހުން
ވަނީ ލީބިޔާއިން އިޓަލީވިލާތަށް ހިޖުރަކޮށްފައެވެ. މިކަނޑު ހުރަސްކޮށް ވިލާތަށް ހިޖުރަކުރަމުންދާ
މީހުންގެ ތެރެއިން %49 މީހުންނަކީ،
ސޫރިޔާގެ ދާޚިލީ ހަނގުރާމައިން
ސަލާމަތްވުމަށް ހިޖުރަކުރާ މީހުންނެވެ. އަދި %21 މީހުންނަކީ، އަފްޣާނިސްތާނުން ވިލާތަށް ހިޖުރަކުރާ މީހުން
ކަމަށް އދގެ ރެފިއުޖީންނާ ބެހޭ އިދާރާއިން ބުނެއެވެ.



2015 ވަނަ އަހަރަކީ،
ދެވަނަ ބޮޑު ހަނގުރާމައިގެ
ފަހުން އެބައްރުގެ ޤައުމުތަކަށް އެންމެ ގިނަ މީހުން ހިޖުރަކުރި އަހަރު ކަމަށް
ވިލާތުގެ ޤައުމުތަކުން ބުނެއެވެ.