ކުޅިވަރު

އިޓާލިއަން ސެރީއާ: ކަގްލިއާރީއާ ވާދަކޮށް ޔުވެންޓަސް ކާމިޔާބުކޮށްފި


އިޓާލިއަން ސެރީއާގައި ޔުވެންޓަސް އާއި ކަގްލިއާރީ ބައްދަލުކުރިމެޗް ޔުވެންޓަސް ކާމިޔާބުކޮށްފިއެވެ. ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުވެންޓަސްއެވެ. މިމެޗްގައި ޔުވެންޓަސްއިން ޖެހި ފުރަތަމަ ލަނޑު މެޗްގެ 40 ވަނަ މިނެޓްގައި ޖަހައިދިނީ މޮއިސް ކިއާންއެވެ. އަދި ޔުވެންޓަސްއިން ޖެހި ދެވަނަ ލަނޑު މެޗްގެ 83 ވަނަ މިނެޓްގައި ޖަހައިދިނީ ފެޑެރީކޯ ބަރނާޑޭޝީއެވެ. މިއީ ވޭތުވެދިޔަ 60 މެޗްގައި އޭނާއަށް ކާމިޔާބުކުރެވުނު ފުރަތަމަ ލަނޑެވެ. އޭނާ އެންމެފަހުން ޔުވެންޓަސްއަށް ލަނޑެއް ޖަހާދީފައިވަނީ 26 ޖުލައި 2020 ވަނަ ދުވަހުއެވެ.

މިކާމިޔާބީއާއެކު ޔުވެންޓަސްއިން މިވަނީ އެންމެ ފަހުން ކުޅުނު ފަސް މެޗްގެ ތެރެއިން ހަތަރު މެޗް ކާމިޔާބުކޮށްފައެވެ. އަދި އެހެންކަމުން މިހާރު ޔޫވެންޓަސް އުޅެނީ 19 މެޗުން ލިބިފައިވާ 34 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ކަގްލިއާރީ އުޅެނީ 10 ޕޮއިންޓާއެކު 19 ވަނައިގައެވެ.