ކުޅިވަރު

ރެފްރީގެ ނިންމުންތަަކަށް ޖަވާބުދާރީ ވުމަށް ނިއުކާސަލްއިން އެދިއްޖެ


އިންގްލިޝް ޕްރިިމިއަރ ލީގުގައި ނިއުކާސަލް ޔުނައިޓެޑުން އެންމެފަހުން ކުޅުނު ދެތިން މެޗްގައި ރެފްރީގެ ބައެއް ނިންމުންތައް ރަނގަޅަށް ގޮސްފައި ނުވާކަމަށް ގަބޫލް ކުރެވޭތީ އެކަން ހިނގާފާވާގޮތެއް އޮޅުންފިލުވައިދިނުމަށް އެކްލަބުން ޕްރިމިއަރ ލީގުގައި އެދިއްޖެއެވެ. ނިއުކާސަލްއިން ބުނީ އެޓީމް އެންމެފަހުން ކުޅުނު ތިން މެޗްގައިވެސް ރެފްރީގެ ނިންމުންތަށް ނިންމަފައިވަނީ ރަނގަޅަކަން ޤަބޫލުނުކުރެވޭކަމަށެވެ.

ނިއުކާސަލްގެ އިތުރުން ފުޓްބޯޅަ ދިރާސާ ކުރާ ފަރާތްތަކާއި މެޗްތަކުގެ ކޮމެންޓްރީ ދޭ ފަރާތްތަކުންވަނީ މިކަމާއި ސުވާލު އުފައްދާފައެވެ. ނިއުކާސަލްގެ ކޯޗް އެޑީ ހޯވް ވަނީ އެޓީމު އެންމެފަހުން މެންޗެސްޓަރ ސިޓީ އާއި ކުޅުނު މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން މިކަންތައްތަކަށް އިޝާރާތް ކޮށްފައެވެ. މިގޮތުން ލެސްޓަރ ސިޓީއަތުން ހަތަރު ލަނޑު ސުންލަނޑުން ބަލިވި މެޗްގައި ލެސްޓަރ އިން ޖެހި ފުރަތަމަ ލަނޑު ޖެހުމަށް ލިބިގެންދިޔަ ޕެނަލްޓީ ދީފައިވަނީ ރަނގަޅަށް ނޫންކަމަށް ގަބޫލް ކުރާއިރު ލިވަޕޫލާއި ދެކޮޅަށް ކުޅުނު މެޗްގައި ލިވަޕޫލުން ލަނޑު ޖަހާފައިވަނީ ނިއުކާސަލްގެ ކުޅުންތެރިންގެ ބޮލަށް އަނިޔާވެ ޕެނަލްޓީ އޭރިއާ ތެރެއަށް ވެއްޓިފައިވަނިކޮށް ކަމަށްވާތީ އެކަމަށްވެސް ނިއުކާސަލްއިން ސުވާލު އުފައްދައެވެ. އަދި އެންމެފަހުން ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗްގައި ސިޓީގެ ކީޕަރ ނިއުކާސަލްގެ ރަޔަން ފްރޭސަރ ވައްޓާލުމުންވެސް ޕެނަލްޓީއެއް ނުދިން ކަން ފަހަގަކުރެއެވެ. މީގެއިތުރުން އެޑީ ހޯވްގެ ވާހަކައިގާ މިކަންތައްތަކާއި އެހެން ކަމަކާއި ގުޅިފައިވުންވެސް ގާތްކަމަށް އިޝާރާތް ކޮށްފައިވެއެވެ. ނަމަވެސް އެކަމަށް އިތުރަށް ވާހަކަ ދައްކާފައިއެއް ނުވެއެވެ. ހޯވް އެއިޝާރާތް ކުރާކަމަށް ބައެއް ފަރާތަކުން ހާމަކުރަނީ ނިއުކާސްލްގެ ސައުދީ އަރަބިއާގެ ވެރިންގެ ވާހަކައަށް ކަމަށްވުން ވަރަށް ގާތްކަމަށް ވެއެވެ.

ނިއުކާސަލްގެ ކުރީގެ ކުޅުންތެރިންޔާ އަދި ޕްރިމިއަރ ލީގު ދުއް އެންމެ ކަމިޔާބު ގޯލް ޖެހުން ތެރިޔާ އެލެން ޝިއެރަރ ބުނީ ފަހަކަށް އައިސް ނިއުކާސަލް އާއި ދެކޮޅަށް ނިންމަމުންދަ ނިންމުންތަކުގެ ޒިންމާ ޕްރޮފެޝަނަލް ގޭމްސް މެޗް އޮފިޝަލްސް ލިމިޓެޑްގެ ޖެނެރަލް މެނޭގަރ މައިކް ރައިލީ ނަގަންޖެހޭނެކަމަށެވެ. އަދި އެންމެފަހުން ސިޓީއާއި ދެކޮޅަށް ޕެނަލްޓީ ނުދިނުމަކީ ވަރަށް ގޯސް ނިންމުމެއްކަމަށް އޭނާ ބުންޏެވެ.