ޚަބަރު

ކޮރަޕްޝަންގެ މައްސަލަތަކުގައި 637 މިލިއަން ރުފިޔާ ދައުލަތަށް !


ކޮރަޕްޝަންގެ އެކި
މައްސަލަތަކާއި ގުޅޭ 600 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް
ލިބެންޖެހޭ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ހާމަކުރައްވައިފިއެވެ.



މިފައިސާ އަކީ 2009 ވަނަ އަހަރުން ފެށިގެން މިއަހަރުގެ ނޮވެމްބަރ
މަހުގެ ނިޔަލަށް އެ ކޮމިޝަނުން
ތަޙުޤީޤުކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލަތަކުގައި ހިމެނޭ ފައިސާ
އާއި، ދައުލަތަށް އަނބުރާ ހޯދުމަށް އެދި ދައުލަތުގެ އެކި އިދާރާތަކަށް
އަންގާފައިވާ މައްސަލަތަކުގައި ހިމެނޭ ފައިސާ ކަމަށް އެކޮމިޝަނުން
މައުލޫމާތުދެއްވައެވެ.



މި މައްސަލަތަކުގައި ދައުލަތަށް ލިބެންޖެހޭ ޖުމްލަ ފައިސާ ގެ އަދަދަކީ ، ހަސަތޭކަ
ތިރީސް ހަތްމިލިއަން އެއްސަތޭކަ ފަސްދޮޅަށް ހަ ހާސް ދުއިސައްތަ ސާޅީސް ރުފިޔާ ތިރީސް
ހަތް ލާރި އެވެ.



އޭސީސީން ތަޙުޤީޤުކޮށްފައިވާ މައްސަލަތަކާއި
ގުޅިގެން ދައުލަތަށް އަނބުރާ ހޯދަންޖެހޭކަމަށް ފެންނަ ފައިސާ އަނބުރާ ހޯދުމުގެ
ދައުވާކޮށްދިނުމަށް އެދި ޕީޖީ  އޮފީހަށް
ފޮނުވާފައިވާ މައްސަލަތަކުގެ މަޢުލޫމާތާއި، ދައުލަތަށް ފައިސާ އަނބުރާ ހޯދުމަށް
އެދި ދައުލަތުގެ އެކި އިދާރާތަކަށް އަންގާފައިވާ މައްސަލަތަކުގެ މަޢުލޫމާތު،
އޭސީސީގެ ފަރާތުން ވަނީ ބަންޑާރަ ނާއިބާ ވަނީ ހިއްސާކުރައްވާފައެވެ.