ވިޔަފާރި

ބުރާސްފަތިދުވަހު އެމްއެމްއޭ ބަންދުވާނެ


މޯލްޑިވްސް
މަނިޓަރީ އޮތޯރިޓީ މި ހަފްތާގެ ބުރާސްފަތި ދުވަހު ބަންދުވާނެކަމަށް އެމްއެމްއޭއިން
ވިދާޅުވެއްޖެއެވެ.
އެމްއެމްއޭއިން ކުރި
އިއުލާނެއްގައި ބުނެފައިވަނީ، އެ އޮތޯރިޓީގެ ބޭންކިން ހިދުމަތް މި ހަފްތާގައި ދޭނެ
އެންމެ ފަހު ދުވަހަކީ، މިމަހުގެ 30 ވާ ބުދަ ދުވަސްކަމަށެވެ. އެމްއެމްއޭގެ ބޭންކިންގެ ހިދުމަތް
ބުރާސްފަތިފުވަހު މެދުކަނޑާލުމަށްފަހު، ޚިދުމަތްދޭން އަލުން ފަށާނީ، ޖެނުއަރީ 3 ވަނަ ދުވަހު ހެނދުނު 09:00
އިން މެންދުރުފަހު 02:00 އަށެވެ.

އެމްއެމްއޭއިން ވިދާޅުވީ ރަސްމީ
އެހެން ދުވަސްތަކުގައި އެ އޮތޯރިޓީގެ ބޭންކިންގެ ހިދުމަތް ދޭނީ، ހެނދުނު 08:30
އިން މެންދުރުންފަހު 2:00 އަށް ކަމަށެވެ. ރާއްޖޭގައި ހިދުމަތް ދޭ
ބޭންކްތަކާއި އެމްއެމްއޭ، މާލީ ހިސާބުތައް ތައްޔާރުކޮށް އޮޑިޓިންގެ ބައެއް
މަސައްކަތްތައް ކުރުމަށް އަހަރުގެ ފަހުކޮޅު ބަންދުކުރެއެވެ.