ޚަބަރު

ނ.ޢ.ޢ.ވ ޢުމަރު ޒާހިރު، ފަސްދާނުލެއްވުން ގަލޮޅު ސަހަރާގައި


ނޢޢވ ޢުމަރު ޒާހިރުގެ ފަސްދާނުލެއްވުން ގަލޮޅު ސަހަރާގައި ބާއްވާގޮތަށް ހަަމަޖެހިއްޖެއެވެ. އުމަރު ޒާހިރުގެ ކަށުނަމާދު ކުރުން އޮންނާނީ މިރޭ އިޝާނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.

މައްޔިތާގެ މޫނުދެއްކުން ކުރިއަށްގެންދިޔައީ މަޣުރިބް ނަމާދާ ހަމައަށް ހުޅުމާލޭ ސަހަރާގައެވެ.

އުމަރު ޒާހިރު އަވަހާރަވީ ކޯވިޑް-19ގެ އާލާސްކަންފުޅަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު މެންދުރު 2 ޖަހާ އެހާކަށްހާއިރުއެވެ.

ކޯވިޑް ބަލީގައި ހާލު ގޯސްވެ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދޭން ފެށީ މިމަހުގެ 14ވަނަ ދުވަހުއެވެ.