ވިޔަފާރި

ބޮޑެތި ޑިސްކައުންޓްތަކާއެކު "އެސްޓީއޯ އަހަރީ ސޭލް" ފަށައިފި


ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ 57ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބާއްވާ "އެސްޓީއޯ އަހަރީ ސޭލް" މިއަދު ފަށައިފިއެވެ.

އެސްޓީއޯގެ އަހަރީ ދުވަހުގެ ސޭލް، އެކުންފުނީގެ ހުރިހާ އައުޓްލެޓްތަކެއްގައި ކުރިއަށްދާނެއެވެ. މި ސޭލް އަކީ އެއް ދުވަހަށް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ސޭލްއެކެވެ. އަދި މިސޭލްއަކީ ކަސްޓަމަރުންނަށް ގިނަ ޑިސްކައުންޓްތަކެއް ލިބިގެންދާނެ ސޭލްއެއްވެސްމެއެވެ.

މި ސޭލް ކުރިއަށް ދާނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް، އެސްޓީއޯ ސުޕަމާޓު އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައެވެ. މި ސޭލްގައި އެސްޓީއޯ ހޯމް އިމްޕްރޫވަމަންޓުން އެއަރކޮންޑިޝަން ނޫން ހުރިހާ އެއްޗަކުން %15އާއި ހަމައަށް ޑިސްކައުންޓު ލިބޭނެއެވެ. ސުޕަރމާޓުން %5އާ ހަމައަށް ޑިސްކައުންޓު ލިބޭނެއެވެ. ރީޖަނަލް ފިހާރަތަކުން %10އާ ހަމައަށް ޑިސްކައުންޓު ލިބޭނެއެވެ.

"އެސްޓީއޯ އަހަރީ ސޭލް"ގައި ވިޔަފާރިކުރާ ކަސްޓަމަރުންގެ މެދުގައި ޚާއްސަ ލަކީ ޑްރޯއެއް ބޭއްވުމަށް އެކުންފުނިން ވަނީ ނިންމާފައެވެ. އެގޮތުން މުޅި ޕްރޮމޯޝަން ނިމުމާއެކު ވިޔަފާރި ކުރާ މީހުންގެ މެދުގައި ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އެސްޓީއޯގެ ހޯމް އިމްޕްރޫވްމަންޓުން 20،000 ރުފިޔާގެ ވައުޗަރއެއް ލިބޭނެއެވެ.

އެސްޓީއޯގެ ހޯމް އިމްޕްރޫވްމަންޓުން ކޮންމެ 57ވަނަ ކަސްޓަމަރަކަށް ޚާއްސަ އިނާމެއްގެ ގޮތުގައި 32 އިންޗީގެ ޓީވީއެއް ލިބޭނެއެވެ. އަދި އެސްޓީއޯ ސުޕަމާޓުތަކުން ކޮންމެ 57ވަނަ ކަސްޓަމަރަކަށް މުޅި ބިލް ހިލޭ ކޮށްދޭނެއެވެ.