ޚަބަރު

ޖިންސީ އަނިޔާ ލިބުނު އަންހެންމީހާ ފަރުވާދެމުންދަނިކޮށް މަރުވެއްޖެ


ލިބިފައިވާ ޖިންސީ އަނިޔާތަކުގެ ސަބަބުން ހާލު ދެރަވެ، އައިޖީއެމްއެޗްގެ
އައިސީޔޫގައި ފަރުވާދެމުން އައި އަންހެންމީހާ މަރުވި އަންހެން މީހާގެ ހަށިގަނޑު ޕޯސްޓް މޯޓެމް ހެދުމަށް ރާއްޖޭން ބޭރަށް ފޮނުވަން ފުލުހުން ނިންމައިފިއެވެ.



މި އަންހެންމީހާ މަރުވެފައިވަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުންދާތާ
ހަފްތާއެއްހާ ދުވަސްވެފައި ވަނިކޮށެވެ. މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އިން
ވިދާޅުވީ މި މައްސަލަ މިނިސްޓްރީން ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ބައްލަވަމުން
ގެންދަވާކަމަށެވެ. އަދި އާއިލާއަށް ދޭންޖެހޭ ރައްކާތެރިކަން މިހާރުވެސް މިނިސްޓްރީން
ދެއްވަމުން ގެންދަވާކަމަށެވެ.



ފުލުހުން ތުހުމަތުކުރަނީ މިއަންހެންމީހާއަށް ޖިންސީ އަނިޔާ ލިބިފައިވަނީ އޭނާގެ ފިރިމީހާގެ ފަރާތުންކަމަށެވެ. އަންހެންމީހާގެ ފިރިމީހާ ގެ ބަންދުގެ މުއްދަތު ކޯޓުން މިހާރު
ވަނީ ދެވަނަ ފަހަރަށް އިތުރުކޮށްފައެވެ. ރޭ މަރުވި އަންހެންމީހާގެ 3 ދަރިން ތިބެއެވެ. އެއީ ދެ އަންހެން ކުދިންނާއި
ފިރިހެން ކުއްޖެކެވެ. މި ކުދިންނަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ޖެންޑަރ މިނިސްޓްރީން ހާމަކުރައްވައެވެ.