ކުޅިވަރު

ސެލްޓިކްސްގެ މައްޗަށް ވޮރިއަރސް ކާމިޔާބު ހޯދައިފި


އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި ގޯލްޑަން ސްޓޭޓް ވޮރއަރސް އާއި ބޮސްޓަން ސެލްޓިކްސް ބައްދަލުކުރިމެޗް ވޮރިއަރސް ކާމިޔާބުކޮށްފިއެވެ. މިމެޗް ވޮރިއަރސް ކާމިޔާބުކުރީ 111 ޕޮއިންޓް 107 ޕޮއިންޓުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ވޮރިއަރސްގެ ސްޓެފަން ކަރީ ވަނީ 30 ޕޮއިންޓް ހޯދައިދީ 5 ރީބައުންޑް ނަގާ 4 އެސިސްޓް ކޮށްފައެވެ. އަދި ސެލްޓިކްސްގެ ޖޭސަން ޓެޓުމްވަނީ 27 ޕޮއިންޓް ހޯދައިދީ 8 ރީބައުންޑް ނަގާ 6 އެސިސްޓް ދީފައެވެ. މިއީ މިސީޒަންގައި ވޮރިއަރސް ކާމިޔާބުކުރީ 24 ވަނަ މެޗެވެ.

މިމުބާރާތުގައި ޔޫޓާ ޖޭޒް އާއި ސެން އެންޓޯނިއޯ ސްޕާސް ބައްދަލުކުރިމެޗް 128 ޕޮއިންޓް 126 ޕޮއިންޓްގެ ކުޑަ ތަފާތަކުން ކާމިޔާބުކުރީ ސްޕަރސްއެވެ. މިމެޗްގައި ސްޕަރސްގެ ޑިޖޫންޓޭ މަރީ ވަނީ 16 ޕޮއިންޓް ހޯދައިދީ 11 ރީބައުންޑް ނަގާ 11 އެސިސްޓް ކޮށް ޓްރިޕްލް ޑަބަލްއެއް ހަދާފައެވެ. މިމެޗްގައި ޖޭޒްގެ ޑޮނޮވެން މިޝޭލްވަނީ 27 ޕޮއިންޓް ހޯދައިދީ 5 ރީބައުންޑް ނަގާ 4 އެސިސްޓް ކޮށްފައެވެ. މީގެއިތުރުން މިނެސޯޓާ ޓިމްބަރވުލްވްސް އާއި ލޮސް އެންޖަލިސް ލޭކަރސް ބައްދަލުކުރިމެޗް 110 ޕޮއިންޓް 92 ޕޮއިންޓުން ކާމިޔާބުކުރީ ޓިމްބަރވުލްވްސްއެވެ. މިމެޗްގައި ވުލްވްސްގެ ކާރލް އެންތަނީ ޓައުންސްވަނީ 28 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގާ 4 އެސިސްޓް ކޮށްފައެވެ. އަދި ލޭކަރސްގެ ލެބްރޮން ޖޭމްސް ވަނީ 18 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގާ 5 އެސިސްޓް ކޮށްފައެވެ.