ދުނިޔެ

ސޫރިޔާގެ ހަނގުރާމަވެރިން ތުރުކީވިލާތަށް ބަދަލުކުރަން ފަށައިފި


ސޫރިޔާއާއި ލުބުނާން ގުޅޭ ސަރަހައްދީ ރޮނގު ކައިރިން ސޫރިޔާގެ އަވަށްތަކުގައި ތިބި އިދިކޮޅު ހަނގުރާމަވެރިންގެ ބަޔަކު އެރަށްތަކުން ބާލާ، ތުރުކީވިލާތުގެ ދެކުނުގެ ރަށަކަށް ގެންގޮސްފިއެވެ.ހަނގުރާމަވެރިންގެ އިތުރުން އެމީހުންގެ އާއިލާތައް ވެސް ލުބުނާނު މެދުވެރިކޮށް ތުރުކީއަށް ވަނީ ގެންގޮސްފައެވެ. ސޫރިޔާއިން މި ފަރާތްތައް ބާލާފައިވަނީ، ސޫރިޔާގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކާއި ދެމެދު ޤާއިމުކޮށްފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. މިއެއްބަސްވުން ޤާއިމުކޮށްފައިވަނީ، އދއާ ސަރަހައްދުގެ ބާރުތައް މެދުވެރިވެގެންނެވެ.ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައަށް ސުލްޙަވެރި ހައްލެއް ހޯދުމުގެ ނަމުގައި އދ. ން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން މަޝްވަރާ ވާހަކަތައް އަންނަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ވާހަކަތަކުގެ ކުރިން ސޫރިޔާގެ ތެރޭގައި ބަދަލުކުރަމުންދާ ހަމަލާތަކަށް ހުއްޓުމެއް ގެނައުމަށް އދ. ން އަމާޒުކުރެއެވެ.