ދުނިޔެ

ރަމާދީގައި އިރާޤުން ހޯދާފައިވާ ކާމިޔާބީއަށް އެމެރިކާގެ ތައުރީފް!


އިރާޤުގެ ރަމާދީގައި ހަރަކާތްތެރިވަމުން ދިޔަ އައި.އެސް ޖަމާއަތާއި ދެކޮޅަށް އެގައުމުގެ ސަލާމަތީ ބާރުތަކުން ހޯދާފައިވާ ކާމިޔާބީތަކަށް އެމެރިކާއިން މަރުޙަބާ ކިޔައިފިއެވެ.ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާރކް ޓޯނަރ ވިދާޅުވީ، އައި.އެސް ހަނގުރާމަވެރިންގެ އަތް ދަށުން ރަމާދީ މިނިވަންކޮށް، އިރާޤު ރައްޔިތުންނަށް އެރަށް އަނބުރާ ހޯދައިދިނުމަށް އިރާޤުގެ އަސްކަރިއްޔާއިން ކޮށްފައިވާ ހިތްވަރުގަދަ މަސައްކަތަކީ ތަޢުރީފު ހައްޤު މަސައްކަތެއް ކަމަށެވެ.ޓޯނަރ ވިދާޅުވީ، ރަމާދީ މިނިވަންކުރި ނަމަވެސް، ކުރިއަށްވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި އެރަށުގެ ރައްޔިތުން އަނބުރާ އެމީހުންގެ ވަޒަންތަކަށް އާދެވޭނެފަދަ މަގުފަހިކުރަން ޖެހޭ ކަމަށެވެ. އިރާޤުގެ އަސްކަރީ ބާރުތަކުން ރަމާދީ މިނިވަންކޮށްފައި މިވަނީ، އެތަށް މަހެއްގެ ވަރުގަދަ ތަޅާފޮޅުންތަކަށް ފަހުއެވެ.