ޚަބަރު

މާލޭގައި ޒުވާނަކަށް ހަމަލާދީ ޒަޚަމްކޮށްލައިފި


މާލޭގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ މިހަމަލާގައި އަނިޔާލިބުނީ 22 އަހަރުގެ ދިވެހި ފިރިހެނަކަށްކަމަށާއި، އޭނާއަށް މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންގެންދާކަމަށެވެ.

މިހަމަލާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 08:21 އެހާކަން ހާއިރުކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލަ އިތުރަށް ތަޙްޤީގުކުރަމުން ގެންދާކަމަށް ފުލުހުން ވިދާޅުވިއެވެ.