ދީން

އޭޝިޔާ ބައްރުގެ އިސްލާމީ ޤައުމުތަކުގެ ޘަގާފީ ވެރިރަށަކަށް މާލެ


އޭޝިޔާ ބައްރުގެ އިސްލާމީ ޤައުމުތަކުގެ ޘަގާފީ ވެރިރަށުގެ ގޮތުގައި މާލެ ހިމަނަން އިސެސްކޯއިން ނޮމިނޭޓް ކޮށްފިއެވެ.މިކަން މިހާރު އިސެސްކޯއިން ރާއްޖެއާ ހިއްސާކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ. މިގޮތަށް ނިންމުމާއިގުޅިގެން ދިނާއި ގުޅުންހުރި ދާއިރާތަކުން ރާއްޖެއަށް ރީތިނަމެއް ލިބިގެން ހިގައްޖެ ކަމަށް އިސްލާމިކް މިނިސްޓްރީން ފާހަގަކުރައްވައެވެ.އިސެސްކޯއިން މިގޮތަށް ނިންމާފައިވަނީ ރާއްޖެއިން އިސްލާމްދީނާއި އަރަބި ތަޢުލީމަށް ދޭ އިސްކަން ފާހަގަކޮށް ކަމަށް އިސެސްކޯއިން ހާމަކޮށްފައިވެއެވެ. އިސެސްކޯއިން މިގޮތަށް ހުށައެޅުމުން، އިސްލާމިކް ކޮންފަރެންސް އޮފް ކަލްޗަރަލް މިނިސްޓަރސްގައި މިކަމާއިމެދު ގޮތެއް ނިންމާނެއެވެ.