ޚަބަރު

ހާމިދުގެ ބަންދުގެ މުއްދަތަށް 7 ދުވަސް އިތުރުކޮށްފި


އެމް.އެމް.ޕީ.އާރް.ސީގެ ފައިސާގެ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކުރައްވާފައިވާ މާފަންނު ޝޫރާމަންޒިލް ޙާމިދު އިސްމާޢީލް ބަންދުގެ މުއްދަތަށް 7 ދުވަސް އިތުރުކޮށްފިއެވެ.މިއަދު އެނާގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްދީފައި މިވަނީ 5 ވަނަ ފަހަރަށެވެ.ޙާމިދު ހައްޔަރުކުރައްވާފައި ވަނީ އެމްއެމްޕީއާރްސީން ރަށްތަކެއް ވިއްކައިގެން ލިބެންޖެހޭ ފައިސާތަކަށް ޚިޔާނަތްތެރިވި މައްސަލާގައެވެ. މީގެއިތުރުން އެ މައްސަލައާ ގުޅޭ މަނީލޯންޑްރީގެ ތުހުމަތުތަކެއްވެސް ފުލުހުން ޙާމިދުގެ މައްޗަށް ކުރައްވާފައެވެ. މީގެ ކުރިން ހަތަރުފަހަރުވެސް ޙާމިދުގެ ބަންދުގެ މުއްދަތު އިތުރުކުރައްވާފައިވަނީ 15 ދުވަހަށެވެ.