ޚަބަރު

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި


ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންއަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން އިން މިއަދު ހުޅުވާލައިފިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ އެ ދާއިރާގެ މެމްބަރު ހުސެއިން ވަހީދު އަވަހާރަވުމުން އެދާއިރާގެ ގޮނޑި ހުސްވުމާގުޅިގެންނެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އަންނަ އަހަރު ފެބްރުއަރީމަހުގެ ފަސްވަނަ ދުވަހު ބޭއްވުމަށް ނިއްމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން އިން އިއްޔެ ވަނީ ހާމަކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައިވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު މިއަދު ހެނދުނު 8:30އިން ފެށިގެން މި މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.