ޚަބަރު

އިންޑޮނޭޝިއާއަށް 7.3ގެ ބިންހެލުމެއް، ރާއްޖެއަށް އަސަރެއް ނުކުރާނެ


އިންޑޮނޭޝިއާގެ ޕްލޯރެސް އައިލެންޑް ކައިރިން ޕްލޯރެސް ސީއަށް 7.3 މެނިޓިއުޑްގެ ބިން ހެލުމެއް އަތުވެއްޖެއެވެ. މިއަދު ހެނދުނު އިންޑޮނޭޝިއާ ގަޑިން 10:20 ގައި އައި ބިން ހެލުން އައިސްފައިވަނީ ކަނޑުގެ 18.5 ކިލޯމީޓަރު އަޑިންނެވެ.

ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ނެރުނު އިންޒާރުގައި ބުނެފައިވަނީ މި ބިންހެލުމާއި ގުޅިގެން ބިން ހެލުން އައި ހިސާބާއި 1000 ކިލޯމީޓަރު ކައިރީގައިވާ ސަރަހައްދުތަކަށް ސުނާމީ ނުރައްކާތެރި ރާޅުގެ އަސަރު ކުރުން އެކަށީގެންވާކަމަށެވެ.

މި ބިންހެލުމާއި ގުޅިގެން ރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ރާއްޖެއާއި 5564 ކިލޯ މީޓަރު ދުރަށްކަމަށެވެ. އެހެންކަމުން މި ބިންހެކުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.