ދުނިޔެ

މޫސުން ގޯސްވުމުގެ ސަބަބުން އެމެރިކާގައި 41 މީހުން މަރުވެއްޖެ


މޫސުން ގޯސްވުމުގެ ސަބަބުން އެމެރިކާގެ ދެކުނުގެ ސްޓޭޓްތަކުގައި ހިނގި އެކި އެކި ޙާދިސާތަކުގައި މަރުވި މީހުންގެ އަދަދު 43 އަށް އަރައިފިއެވެ. މޫސުން ގޯސްވުމުގެ ސަބަބުން އެމެރިކާގެ ދެ ސްޓޭޓެއް ކަމަށްވާ މިޒޫރީއާއި ނިއު މެކްސިކޯގައި ވަނީ ކުއްލި ޙާލަތު އިއުލާނުކޮށްފައެވެ. ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ހިނގި ޙާދިސާތަކުގައި މިޒޫރީއާ އިލަނޯއީ ސްޓޭޓްތަކުން 13 މީހުން ވަނީ މަރުވެފައެވެ.އެމެރިކާގެ ބައެއް ސްޓޭޓްތަކަށް ނަގޫރޯޅިތައް އަރަމުންދާ ކަމުގެ ރިޕޯޓްތައް ވެސް ދަނީ ލިބެމުންނެވެ. މި ގޮތުން ޓެކްސެސްގެ ޑަލަސްއަށް އެރި ނަގޫ ރޯޅީގެ ސަބަބުން 11 މީހަކު މަރުވެފައިވާ ކަމަށް ޚަބަރު ލިބެއެވެ.އެމެރިކާގެ ދެކުނާއި ހުޅަނގު ދެކުނުގެ ސްޓޭޓްތަކުގެ މޫސުން ގޯސްވުމުގެ ސަބަބުން ގިނަ އަދަދެއްގެ އިމާރާތްތައް ހަލާކުވެ، ދަތުރުފަތުރުގެ ޚިދުމަތްތަކަށް ވަނީ ބުރޫ އަރާފައެވެ. އެެމެރިކާގެ މޫސުމާ ބެހޭ ވުޒާރާއިން ބުނެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ޓެކްސަސްއާ އޮކޮލޮހޯމާ ސްޓޭޓަށް ވަރުގަދަ ސްނޯގެ ތޫފާނެއް އެރުމަކީ އެކަށިގެންވާ ކަމަށާ މިކަމަށް އެސްޓޭޓްތަކުގެ ރައްޔިތުން ސަމާލުވާން ޖެހޭ ކަމަށެވެ.