ދުނިޔެ

އިންޑިޔާގެ މަހާރާޝްތްރާގެ ފަޤީރުންނަށް ހިލޭ ކާނާ ލިބޭ ތަނެއް !


އިންޑިއާގެ ދެކުނުގެ މަހަރާޝްތްރާ ސްޓޭޓްގެ އައުރަންގްބާދް ގައި އުޅެމުންދާ ފަޤީރުންނަށް ހިލޭ ކާބޯތަކެތި ފޯރުކޮށްދިނުމަށް އެރަށުގައި ރޯޓީ ބޭންކުގެ ނަމުގައި ތަނެއް ހިންގަން ފަށައިފިއެވެ. ހަތަރު އެކުވެރިން ގުޅިގެން ޤާއިމުކުރި މި ރޯޓީ ބޭންކުގައި މިހާރު 250 މެމްބަރުން އެބަތިބި ކަމަށާއި، މިމެމްބަރުން ކޮންމެ ދުވަހަކުވެސް ބާކީވާ ކާނާ ބޭންކަށް ފޮނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.އެރަށުގައި ބާއްވާ ކައިވެނި ޕާޓީތަކާ ޚާއްސަ ހަފްލާތަކުން ބާކީވާ ކާނާ ވެސް މި ބޭންކަށް ދަނީ ފޮނުވަމުންނެވެ.ފުޑް ބޭންކުން ދުވާލެއްގެ މައްޗަށް ތިން ފަހަރު ފަގީރުންނަށް ކެއުން ހަމަޖައްސާ ކަމަށާ ކޮންމެ ފަހަރަކު 750 އަށް ވުރެ ގިނަ މީހުންނަށް ކެއުން ހަމަޖައްސާ ކަމަށް ބޭންކުން ބުނެއެވެ. ބަނޑުހައިހޫނުކަން މަތީ އުޅެމުންދާ ގިނަ ބަޔަކަށް މިބޭންކުގެ ސަބަބުން ގިނަ ގުނަ އެހީތައް ލިބެމުންދާ އިރު، މިބޭންކުން ކުރާ މަސައްކަތުގައި ބައިވެރިވުމަށް ގިނަ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކުރަމުންދާ ކަމަށް ބޭންކުން ހާމަކުރެއެވެ.