ޚަބަރު

ރާއްޖެއިން އިތުރު 218 މީހުން ކޯވިޑަށް ޕޮޒިޓިވްވެއްޖެ


ރާއްޖެއިން އިތުރު 218 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ)އިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އަލަށް ކޯވިޑަށް ޕޮޒިޓިވްވި 218 މީހުންގެ ތެރޭގައި ހިމެނެނީ އަތޮޅުތެރެއިން ޕޮޒިޓިވްވި 188 މީހުންނާއި މާލެއިން ބައްޔަށް ޕޮޒިޓިވްވި 20 މީހުންނެވެ. މީގެތެރޭގައި ދ. ކުޑަހުވަދޫން ޕޮޒިޓިވްވި 26 މީހުންނާއި، ހއ. ދިއްދޫން ޕޮޒިޓިވްވި 21 މީހުންނާއި، ހދ. ހަނިމާދޫން ޕޮޒިޓިވްވި 16 މީހެއްގެ އިތުރުން ނ. މާފަރުން ޕޮޒިޓިވްވި، 29 މީހުންނާއި، ތ.ވިލިފުށިން ޕޮޒިޓިވްވި 27 މީހުން ހިމެނެއެވެ. އަލަށް ބަލިޖެހުނު މީހުންގެ ތެރެއިން، މާލެ އިން ޕޮޒިޓިވްވީ 20 މީހުންނެވެ. އަދި ރިސޯޓަކުންވެސް 10 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ އަދަދު މިވަނީ 93064 އަށް އަރާފައެވެ.

ކޯވިޑް ޖެހިގެން މިވަގުތު 9331 މީހަކު ފަރުވާ ހޯދަމުން އަންނައިރު މީގެތެރެއިން 15 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ. މިދިޔަ 24 ގަޑިއިރު 85 މީހުން ބަލިން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ޖުމުލަ 90861 މީހަކު ވަނީ ބަލިން ރަނަގޅުވެފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 4246 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ.

ކޯވިޑްގެ އައު ވޭރިއެންޓް ކަމަށްވާ "އޮމިކްރޯން" ހަލުވިކަމާއެކު ދުނިޔޭގެ ޤައުމުތަކުގައި ފެތުރެމުން އަންނައިރު ރައްކާތެރިކަމުގެ ގޮތުން އަނެއްކާވެސް މާސްކަށް އިތުރު ސަމާލުކަމެއް ދިނުމަށާއި ގައިދުރުކަން އިސްކޮށް ހުމާއި ރޯގާގެ އަލާމާތެއް ހުރިނަމަ ގެއިން ބޭރަށް ނުދިޔުމަށާއި ޢާއްމު ސާފުތާހިރުކަމަށް އިސްކަންދިނުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ވެކްސިން ޖެހުމަށް ސަމާލުވުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.