ޚަބަރު

ރާއްޖެއާއި ލަންކާ ޓީމު ކުޅުނު ވޮލީ މެޗް ރައީސް ބައްލަވާލައްވައިފި


ސްރީލަންކާގެ ޤައުމީ ވޮލީ ބޯޅަ ޓީމާއި، ދިވެހިރާއްޖޭގެ ޤައުމީ ވޮލީ ބޯޅަ ޓީމް ބައްދަލުކުރި ރަޙްމަތްތެރިކަމުގެ މެޗް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްލަވާލައްވައިފިއެވެ.

މިމެޗް ފެށުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ޤައުމީ ވޮލީ ބޯޅަ ޓީމުގެ ޖާޒީ ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވާފައެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ރޭ ކުޅުނު ފޯރިގަދަ މި މެޗް 3 ސެޓް 1 ސެޓުން ކާމިޔާބުކުރީ ލަންކާ ޓީމެވެ.

ރޭގެ މެޗަކީ، ބަންގްލަދޭޝްގައި މިމަހު ކުރިއަށްދާ "ބަންގަބަންދު އޭޝިއަން ސެންޓްރަލް ޒޯން މެންސް އެންޑް ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕް-2021" އަށް ތައްޔާރުވުމަށް ކުޅުނު ރަޙްމަތްތެރިކަމުގެ މެޗެކެވެ.