ދުނިޔެ

އަފްޣާނިސްތާނުގެ ހެލްމަންޑްގައި ވަރުގަދަ ކުރިމަތިލުންތަކެއް!


އަފްޣާނިސްތާނުގެ ހެލްމަންޑް ޕްރޮވިންސްގައި އެގައުމުގެ ސަލާމަތީ ބާރުތަކާއި ތާލިބާނު ހަނގުރާމަވެރިންނާއި މެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި 21 ސިފައިން މަރުވެއްޖެއެވެ.އަފްޣާނިސްތާނުގެ ސިފައިންނާ ތާލިބާނު ހަނގުރާމަވެރިންގެ މެދު އެންމެ ވަރުގަދަ ކުރިމަތިލުންތައް ހިނގަމުންދަނީ ސަންގިން ނަމަކަށް ކިޔާ އަވަށުގައި ކަމަށް ޚަބަރު ލިބެއެވެ. ތާލިބާނު ޖަމާޢަތުގެ ތަރުޖަމާނު ޒައިބުﷲ މުޖާހިދު ބުނީ ސަންގިންގެ މުޅި ސަރަހައްދު މިހާރު ވަނީ ތާލިބާނުން ބެލުމުގެ ދަށުގައި ކަމަށާއި އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތައް ވަނީ އެސަރަހައްދުގައި ހުރި އަސްކަރީ މަރުކަޒެއްގައި ކަމަށެވެ. ހެލްމަންޑް ޕްރޮވިންސްގެ 4 ޑިސްޓްރިކްޓެއް މުޅިން ތާލިބާނުންގެ ކޮންޓްރޯލްގެ ދަށަށް ވެއްޓިފައިވާ ކަމަށް ޚަބަރު ލިބެއެވެ.ހެލްމަންޑްގައި އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުން ހިންގާ އޮޕަރޭޝަނަށް އެހީވުމުގެ ގޮތުން އެމެރިކާގެ އަަސްކަރިއްޔާއިން ވަނީ އެސަރަހައްދަށް ވައިގެ ހަމަލާތަކެއް ދީފައެވެ.