ޚަބަރު

އީރާނުގެ ނިޔުކްލިޔަރ މައްސަލައިގެ މަޝްވަރާތަކަށް މިފަހަރުވެސް ކުރިއެރުމެއް ނުލިބުނު


އީރާނުގެ ނިޔުކްލިޔަރ މައްސަލައިގެ މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބި އަނެއްކާވެސް މެދުކަނޑާލައިފިއެވެ.

އޮސްޓުރިޔާގެ ވިއެނާގައި ބޭއްވި އީރާނުގެ ނިޔުކްލިޔަރ މައްސަލައިގެ ހަތްވަނަ ބުރުގެ މަޝްވަރާތަކަކީ އެ ޤައުމުގެ ވެރިކަމަށް އިބްރާހީމު ރައީސީ ވަޑައިގެންނެވިފަހުން ބޭއްވި ފުރަތަމަ މަޝްވަރާތަކެވެ. އެ މަޝްވަރާތައް މެދުކަނޑާލަން ޖެހުނީ އީރާނުން ކުރިމަތިކުރުވި ޝަރުތަކާ ވިލާތުގެ އިއްތިޙާދުން އެއްބަސްނުވުމުންނެވެ. އެ މަޝްވަރާތަކުގައި ދެން ބައިވެރިވަނީ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަންވިލާތާއި ރަޝިޔާއާއި ޗައިނާއެވެ.

2015ވަނަ އަހަރުގެ ތެރޭގައި ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު އީރާނުން ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ޤައުމުގެ ނިޔުކްލިޔަރ މަސައްކަތްތައް މަދުކުރުމުގެ ބަދަލެއްގެ ގޮތުގައި އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ބައެއް ފިޔަވަޅުތައް އުވާލުމަށްވަނީ އެއްބަސްވެފައެވެ. އެއްބަސްވުމުގައި އެމެރިކާއާއި އިނގިރޭސިވިލާތާއި ރަޝިޔާއާއި ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތާއި ވިލާތުގެ އިއްތިޙާދާއި ޗައިނާއިން ބައިވެރިވެފައިވެއެވެ. ނަމަވެސް 2018ވަނަ އަހަރުގެ ތެރޭގައި އެމެރިކާއިންވަނީ އެއްބަސްވުމުން ވަކިވެ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަލުން އަޅައިފައެވެ. އޭގެ ސަބަބުން އީރާނުންވަނީ އެއްބަސްވުމާ ޚިލާފަށް ބައެއް ކަންތައްތައް ކުރަން ފަށައިފައެވެ.