ކުޅިވަރު

ސެމީފައިނަލަށް ދިވެހިރާއްޖެއާއި އަފްޤާނިސްތާން




ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ
ސެމީފައިނަލުން ދިވެހިރާއްޖެއާއި އަފްޤާނިސްތާން ޖާގަ ހޯދައިފިއެވެ. އަފްޤާނިސްތާން ސެމީއިން
ޖާގަ ހޯދީ ތިނެއް ސުމަކުން ބޫޓާން ބަލިކޮށްގެންނެވެ.

އަފްޢާނިސްތާންގެ ތިން ގޯލްގެ
ތެރެއިން ދެ ގޯލް ޖަހައިދިނީ ފޯވާޑް ޚައިބަރު އަމާނީއެވެ. އަފްޣާނިސްތާންގެ އަނެއް
ލަނޑު ޖަހައިދިނީ ޑިފެންޑަރ މާސިޙް ސައިޚާނީއެވެ. މި މޮޅާއިއެކު އަފްޣާނިސްތާން ސެމީ
ފައިނަލުން ޖާގައެއް ޔަގީންކުރިއިރު، ބޫޓާން ވަނީ މުބާރާތުން ކަޓާފައެވެ. ގްރޫޕް ބީ
އިން ސެމީގެ ޖާގަ ޔަޤީން ކުރީ ރާއްޖެއާއި އަފްޤާނިސްތާންއެވެ. މިގްރޫޕްގެ  އެއްވަނަ ޓީމްގެ ގޮތުގައި މިވަގުތު އޮތީ
އަފްޣާނިސްތާންއެވެ. ދެވަނާގައި އޮތީ ދިވެހިރާއްޖެއެވެ.

ގްރޫޕް ބީ އިން އެއްވަނަ ޓީމްގެ ގޮތުގައި ސެމީފައިނަލަށް ދާ ޓީމެއް އިނގޭނީ ރާއްޖެއާއި، އަފްޤާން ވާދަކުރާ މެޗަށްފަހުއެވެ.