ވިޔަފާރި

"އެންމެނަށް މީޑިއާނެޓް"ގެ ނަމުގައި ޙާއްސަ ޕްރޮމޯޝަނެއް


"އެންމެނަށް މީޑިއާނެޓް"ގެ ނަމުގައި ވަރަށް ޙާއްސަ ޕްރޮމޯޝަނެއް މީޑިއާ ނެޓްއިން ފަށައިފިއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވެގެން އަގުހުރި ޢިނާމުތަކެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މީޑިއާނެޓްގެ "ވޯންޓް އިޓް އޯލް" ނުވަތަ ފުލް ޕެކޭޖަށް މަހުފީ ދެއްކެވުމަށްފަހު މީޑިއާނެޓްގެ މަލިޓް ސްކްރީން އެޕްލިކޭޝަނަށް ރަޖިސްޓްރީ ކޮށްލައިގެން ގުރުއަތުން ހޮވޭ ނަޞީބުވެރި 2 ފަރާތަކަށް އައިފޯން 13 ޕްރޯއެއް ލިބިގެންދާނެއެވެ.

މީގެއިތުރުން ފެމިލީ ޕެކޭޖަށް ވުރެ މަތިން މަހުފީ ދެއްކެވުމަށްފަހު އެޕައަށް ރަޖިސްޓްރީ ކުރައްވައިގެން ގުރުއަތުން ކޮންމެ މަހަކު ހޮވޭ ނަޞީބުވެރި 2 ފަރާތަކަށް 55 އިންޗީގެ ޓީވީއެއް ލިބިގެންދާނެކަމަށް މީޑިއާނެޓުން ބުނެއެވެ. މި ޕްރޮމޯޝަންގެ ދަށުން ދެމަހަށް އެއްފަހަރާ މަހުފ ފީ ދައްކައިގެން ގުރުއަތުން ހޮވޭ ނަސީބުވެރި 2 ފަރާތަކަށް ރިސޯޓު ދަތުރެއް ލިބިގެންދާނެއެވެ. މި ޕޮރޮމޯޝަން ކުރިއަށްދާނީ 10 ނޮވެމްބަރ 2021 އިން 10 ޖެނުވަރީ 2022 ގެ ނިޔަލަށްކަމަށް މީޑިއާ ނެޓްއިން ބުނެއެވެ.

މީޑިއާނެޓްގެ ބޭސިކް، ފެމިލީ، ޕްރިމިއަމް އަދި ވޯންޓް އިޓް އޯލް ޕެކޭޖް ނަންގަވައިފައިވާ ކަސްޓަމަރުން އެމްއެސް މީޑިއާނެޓް އެޕްއަށް ހިލޭ ރަޖިސްޓްރީ ކުރެވޭނެއެވެ. މި ޕްރޮމޯޝަންގެ މުއްދަތުގައި އެމް އެސް އެޕްއަށް ރަޖިސްޓަރކުރާ ހުރިހާ ކަސްޓަމަރުންނަށް 1 މަސް ދުވަހަށް ޗެނަލްތަކާއެކު ވީ.އޯ.ޑީ ހިލޭ ލިބިގެންދާނެއެވެ.