ޚަބަރު

ސުޕްރީމް ކޯޓް ރިސެސްއަށް ހިނގައްޖެ


މިއަދުން ފެށިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް ރިސެސްއަށް ހިނގައްޖެއެވެ.

ކޯޓްތަކުގެ ޤާނޫނޫގެ 7ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ ފަހު ހަފްތާގެ އެންމެ ފަހު މަސައްކަތު ދުވަހުން ފެށިގެން، ވިދިގެން އަންނަ އަހަރު ޖެނުއަރީމަހުގެ ފުރަތަމަ ރަސްމީ ދުވަހާ ހަމައަށް ސުޕްރީމް ކޯޓް އޮންނާނީ ރިސެސްގައެވެ.

ސުޕްރީމްކޯޓް ރިސެސްގައި އޮންނަ ވަގުތުގައި ކޮންމެހެން ބޭނުންޖެހިއްޖެ ޙާލަތެއްގައި މެނުވީ ސުޕްރީމް ކޯޓްގެ ޝަރީޢަތުގެ އަޑުއެހުމެއް ނުބާއްވާނެއެވެ. އެހެންނަމަވެސް، ކޯޓަށް މައްސަލަތައް ބަލައިގަތުމާއި އިދާރީ މަސައްކަތްތައް ރިސެސްގެ ދުވަސްވަރުގައި މެދުކެނޑިގެންނުދާނެއެވެ.

ކޯޓްތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުން، ސުޕްރީމް ކޯޓް ރިސެސްގައި އޮންނަ މުއްދަތުގައި، ސުޕްރީމް ކޯޓްގެ ފަނޑިޔާރުން ބޭނުންވެއްޖެ ނަމަ ޝަރީޢަތުގެ އަޑުއެހުމެއް ބޭއްވިދާނެއެވެ. އަދި ޤާނޫނުން ވަކި މުއްދަތަކަށް ނިންމަންޖެހޭ ކަމެއް އޮވެއްޖެނަމަ އެމުއްދަތުގައި އަޑުއެހުންތައް ބޭއްވުމަށް ޤާނޫނު ލާޒިމުކުރެއެވެ. މީގެ އިތުރުން ރިސެސް މުއްދަތުގެ ތެރޭގައި ކުށްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފިނަމަ ސުޕްރީމްކޯޓްގެ ރިސެސްގެ މުއްދަތު ނިމުމަކަށް އަންނާނެކަމަށް ކޯޓްތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.