ވިޔަފާރި

އެމްއައިބީގެ "އެޕްލައި ނައު" ޕޯޓަލް: ކޮންމެ ތަނެއްގައި ހުރެގެންވެސް ފޯމު ހުށައެޅޭނެ


މޯލްޑިވްސް އިސްލާމިކް ބޭންކްގެ "އެޕްލައި ނައު" ޕޯޓަލް މެދުވެރިކޮށް އެ ބޭންކުގެ ކަސްޓަމަރުންނަށް ފަސޭހަކަމާއިއެކު ފޯމު ހުށައެޅޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. އެޕްލައި ނައު ޕޯޓަލްއަށް އެމްއައިބީ ވެބްސައިޓް މެދުވެރިކޮށްވެސް ވަދެވޭނެއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުން ބުނީ މި ޚިދުމަތާއެކު އެ ބޭންކުގެ ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ތަނެއްގައި ތިބެގެންވެސް އެމްއައިބީގެ ޚިދުމަތް ހޯދުމަށް ފަސޭހަވެގެންދާނެކަމަށެވެ. މި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށައަޅާއިރު ކަސްޓަމަރުގެ އެކައުންޓް ނަންބަރު އަދި އައިޑީ ކާޑު ނަންބަރު ޖެއްސެވުމުން ފޯނަށް ނުވަތަ މެއިލްއަށް ކޯޑެއް ލިބޭނެއެވެ. އެއަށްފަހު ޚިދުމަތާއި ބްރާންޗް ޚިޔާރުކުރެއްވުމަށްފަހު ފޯމާއި ލިޔުންތައް ހުށައެޅޭނެ ކަމަށް އެމްއައިބީން ބުނެއެވެ.

  • އުޖާލާ ދިރިއުޅުން އެޕްލިކޭޝަން ފޯމު ހުށައެޅުން
  • އެކައުންޓްގެ މައުލޫމާތު ފޯމު ހުށައެޅުން
  • ވިސާ ކާޑު ފޯމު ހުށައެޅުން
  • ޓީޓީ ފޯމު ހުށައެޅުން
  • އުޖާލާ ކޯޓޭޝަން ހުށައެޅުން
  • ބޭންކް ސްޓޭޓްމަންޓަށް އެދި ހުށައެޅުން
  • ރިފަރެންސް ލެޓާރއަށް އެދި ހުށައެޅުން
  • ފެސިލިޓީ ސްޓޭޓްމަންޓަށް އެދި ހުށައެޅުން
  • އެހެނިހެން ޚިދުމަތްތަކާއި ގުޅޭ ފޯމު ހުށައެޅުން


ފޯމު ހުށައެޅުމުން ކަސްޓަމަރަށް ރެފަރެންސް ނަންބަރެއް އެސްއެމްއެސްއަކުން ލިބޭނެކަމަށް އެމްއައިބީން ބުނެއެވެ. މި ނަންބަރު ބޭނުންކޮށްގެން ކަސްޓަމަރަށް އެޕްލިކޭޝަންގެ ސްޓޭޓަސް ބަލާލެވޭނެއެވެ. އެޕްލިކޭޝަން ރިޖެކްޓް ވިއަސް ކަސްޓަމަރަށް އިނގޭނެއެވެ. އެހެންކަމުން އަލުން ފޯމު ހުށައެޅުމަށް ކަސްޓަމަރަށް ފަސޭހަވެގެންދާނެއެވެ.

އެމްއައިބީގެ އުޖާލާ ދިރިއުޅުމުގެ ކޯޓޭޝަންވެސް "އެޕްލައި ނައު" ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއިއެކު މިހާރު ހުށައެޅޭނެއެވެ. އެގޮތުން ކޯޓޭޝަން އަދި ފިހާރައިން ހަވާލުކުރި "އޮފަރ ޓު ސެލް" އެޕްލައި ނައު ޕޯޓަލް މެދުވެރިކޮށް ހުށައެޅޭނެއެވެ. ކޯޓޭޝަން ހުށައެޅުމުން އެސްއެމްއެސް އަދި އީމެއިލްގެ ޒަރިއްޔާއިން ކޯޓޭޝަންގެ މައުލޫމާތު ލިބޭނެކަމަށް އެމްއައިބީން ބުނެއެވެ.