ދުނިޔެ

ޓެރަރިޒަމާ ދެކޮޅަށް ޤާއިމުކުރާ އިއްތިހާދަށް ޝަޢުޤުވެރިވަން-ރަޝިޔާ


ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަކުރުމަށް އދން
އިސްނަގައިގެން އެކުލަވާލާ އިއްތިހާދުގައި ބައިވެރިވުމަށް ރަޝިޔާއިން ޝައުޤުވެރިވާ
ކަމަށް އެޤައުމުގެ ޚާރިޖީ ވަޒީރު ސަރްގެއި ލަވްރޯފް ވިދާޅުވެއްޖެއެވެ.



ރަޝިޔާއަށް މިހާރު ވަޑައިގެން އުޅުއްވާ ޤަތަރުގެ
ޚާރިޖީ ވަޒީރާ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރަޝިޔާގެ
ޚާރިޖީ ވަޒީރު ލަވްރޯފް ވިދާޅުވީ، ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަކުރުމަށް މުސްލިމް
ޤައުމުތަކުގެ އިއްތިހާދެއް އެކުލަވާލުމަށް ނިންމާފައިވާ ނިންމުން ޤަތަރުން
ރަޝިޔާއާ ހިއްސާކޮށްފައިވާ ކަމަށެވެ.



އަދި އދގެ ބެލުމުގެ ދަށުން، ބައިނަލްއަޤްވާމީ
ޤާނޫނުތައް ތަންފީޒުކުރާ އިއްތިހާދެއްގައި ރަޝިޔާއިން ބައިވެރިވާނެ ކަމަށް ވެސް ޚާރިޖީ
ވަޒީރު ލަވްރޯފް ވިދާޅުވިއެވެ.



ސޫރިޔާގެ މަސްރަހާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން،
ލަވްރޯފް ވިދާޅުވީ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާ މެދު ބައިނަލްއަޤްވާމީ
ބާރުތަކުން ދެކެމުން އަންނަގޮތް މިހާރު ބަދަލުވަމުންދާ ކަމަށާ ސަރުކާރާ އިދިކޮޅު
ފަރާތްތަކުގެ މަޝްވަރާތަކަށް ރަޝިޔާއިން އަބަދުވެސް ތާއީދުކުރާނެ ކަމަށެވެ.