ޚަބަރު

ކޯވިޑު ބަލީގައި 2 މީހަކު މިއަދު ނިޔާވެއްޖެ


ކޯވިޑް ބަލިޖެހިގެން ފަރުވާދެމުންދިޔަ އިތުރު ދެ މީހަކު ނިޔާވެއްޖެއެވެ.

މި ބަލީގައި ނިޔާވެފައި ވަނީ 54 އަހަރުގެ ދިވެހި އަންހެނަކާއި 90 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ނިޔާވި 54 އަހަރުގެ އަންހެން މީހާއަކީ ނ އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ މީހެއްކަމަށާއި އޭނާ ނިޔާވީ ރޭ 02:00 ގައި ކަމަށެވެ.

މި ބަލީގައި މިއަދު ހެނދުނު 10:42 ހާއިރު ނިޔާވި އުމުރުން 90 އަހަރުގެ ދިވެހި ފިރިހެން މީހާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހެކެވެ. މިއާއެކު މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިވަނީ 250 އަށް އަރާފައެވެ.

ކޯވިޑްބަލީގައި ރާއްޖޭގައި މިވަގުތު 1769 މީހަކަށް އަންނަނީ ފަރުވާދެމުން އަންނައިރު މީގެތެރެއިން 12މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ. އެޗްޕީއޭއިން އެންމެފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އާދިއްތަ ދުވަހުގެ އިރުއޮއްސި 6 ޖެހުމާ ހަމައަށް ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު މިވަނީ 91464 އަރާފައެވެ.