ޚަބަރު

ކޯވިޑަށް 114 މީހުން ޕޮޒިޓިވްވެ 139 މީހުން ބަލިން ރަނގަޅު


މިއަދު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވް ވި 114 މީހުންނާއި އެކު މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވް މީހުންގެ އަދަދު 91464 އަރައިފިއެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައިވެސް ގިނައީ އަތޮޅުތެރއިން ޕޮޒިޓިވްވި މީހުންނެވެ.

އެޗްޕީއޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އާދިއްތަ ދުވަހުގެ އިރުއޮއްސި 6 ޖެހުމާހަމައަށް މި ބައްޔަށް ޕޮޒިޓިވްވި 114 މީހުންގެ ތެރެއިން 73 މީހުންނަކީ އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި މީހުންނެވެ. މާލެއިން ބައްޔަށް ޕޮޒިޓިވްވީ 25 މީހުންނެވެ. އަދި ރިސޯޓްތަކުން 16 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ އަދަދު މިވަނީ 91464 އަރާފައެވެ.

ކޯވިޑް ޖެހިގެން މިވަގުތު 1769 މީހަކު ފަރުވާ ހޯދަމުން އަންނައިރު މީގެތެރެއިން 12 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ. މިދިޔަ 24 ގަޑިއިރު 139 މީހުން ބަލިން ވަނީ ރަނގަޅުވެފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 3806 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ.

ކޯވިޑްގެ އައު ވޭރިއެންޓެއް އެފްރިކާގެ ޤައުމުތަކުގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަތީ ދުނިޔޭގެ އެކި ކަންކޮޅުގައި އަންނަނީ އަނެއްކާވެސް ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ރާއްޖެއިންވަނީ އެފްރިކާގެ 7 ޤައުމަކުން މީހުން އެތެރެވުން މަނާކޮށްފައެވެ.

އެފްރިކާއިން އަލަށް ފެނުނު ވޭރިއަންޓަށް "އޮމިކްރޯން"ގެ ނަން ދީ މިއީ ކޯވިޑްގެ ކަންބޮޑުވާންޖެހޭ ބާވަތެއްގެ ވޭރިއަންޓެއްކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ވަނީ ކަނޑައަޅާފައެވެ.