ވިޔަފާރި

މަސްވެރިންގެ ދުވަހު ހޯރަފުއްޓާއި ގާފަރުގެ އައިސްޕްލާންޓު އޮޕަރޭޝަނަށް


މަސްވެރިންގެ ދުވަހު ހއ.ހޯރަފުއްޓާއި ކ.ގާފަރުގެ އައިސްޕްލާންޓު އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާޢީލް ފައުޒީ ވިދާޅުވީ، ރަނގަޅު މަސްވެރިކަމެއްގައި އައިސްއަށް އޮންނަ ޑިމާންޑު ބޮޑު ކަމަށެވެ. އަދި މިފްކޯއިން މިހާރު 4 އައިސްޕްލާންޓެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދާއިރު، މީގެތެރެއިން 2 އައިސްޕްލާނެޓެއް ހުޅުވުމަށް ތައްޔާރުވެފައިވާކަމަށް އިސްމާޢީލް ވިދާޅުވިއެވެ.

"މިހާރު މިފްކޯގައި އެބަހުރި 20 އައިސްޕްލާންޓު، އިތުރު 4 އައިސްޕްލާންޓުގެ މަސައްކަތް ކުރިއަށްދަނީ. 2 އައިސްޕްލާންޓުގެ މަސައްކަތް ނިންމާފައި، މިހާރު އިތުރު 2 އައިސްޕްލާންޓު އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް އެބަކުރަން.،" އިސްމާޢީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީި އަންނަ މަހުގެ 10ވަނަ ދުވަހު ރާއްޖޭގައި ފާހަގަކުރާ މަސްވެރިންގެ ދުވަހު، ހއ.ހޯރަފުށްޓައި ކ.ގާފަރުގެ އައިސްޕްލާންޓު އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

އަތޮޅުތަކުގައި ރިމޯޓުކޮށް 17 އައިސްޕްލާންޓު އޮޕަރޭޓްކުރަމުންދާއިރު، އެއީ ގާތްގަނޑަކަށް 730 ޓަނުގެ ކެޕޭސިޓީކަމަށް އިސްމާޢީލް ފާހަގަކުރެއްވިއެވެ. އެހެންކަމުން އެކުންފުނީގައި އައިސް ފޯރުކޮށްދިނުމުގެ ކެޕޭސިޓީ އެބަހުރިކަމަށްވެސް އިސްމާޢީލް ވިދާޅުވިއެވެ.