ކުޅިވަރު

ވެމްކޯ، ޕޮލިސް، ސިފައިން މެޗް ކާމިޔާބުކުރިއިރު، ފެނަކަ އާއި ވެމްކޯ މެޗް އެއްވަރު


ސަރުކާރު އޮފީސް ކުންފުނިތަކަށް ޚާއްސަކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސެލް މުބާރާތުގައި ރޭ ކުޅުނު މެޗްތައް ވެމްކޯ، ޕޮލިސް ކްލަބް އަދި ދިވެހި ސިފައިންގެ ކްލަބް ކާމިޔާބުކުރިއިރު، ފެނަކަ އާއި ވެމްކޯ މެޗު އެއްވަރުވެގެން ނިމިއްޖެއެވެ. ވެމްކޯއިން ވަނީ ސްޓެލްކޯގެ މައްޗަށް 4 ލަނޑު 0 ލަނޑުން ކުރި ހޯދާފައެވެ. އަދި ޕޮލިސް ކުލަބްވަނީ 4 ލަނޑު 1 ލަނޑުން އެލައިޑް ބަލިކޮށްފައެވެ.

ވެމްކޯ އާއި ސްޓެލްކޯ ބައްދަލުކުރި މެޗްގައި ވެމްކޯގެ ފަރާތުންވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ. އަދި ވެމްކޯގެ ތަރިއަކަށްވީ ޢަލީ ހާފިޒެވެ. ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު މިމެޗްގެ ފުރަތަމަ ހާފްގައި ވެމްކޯއިންވަނީ ތިން ގޯލް ޖަހާފައެވެ. މިގޯލްތައް ވެމްކޯއަށް ކާމިޔާބުކޮށްދިނީ މުޙައްމަދު އިމްރާން، ޢަބްދުﷲ މުބީން އަދި ޢަލީ ހާފިޒެވެ. އަނިޔާގެ ސަބަބުން ވެމްކޯގެ ޢަބްދުﷲ ޝައްފާން (ޝާކާ)މި މެޗުގައި ނުކުޅެއެވެ. މެޗްގެ ދެވަނަ ހާފްގައި ވެމްކޯގެ 4ވަނަ ލަނޑު ލަނޑަކީ ސްޓެލްކޯގެ އިސްމާޢީލް ނަސީމް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މިމެޗްގެ ސްޓެލްކޯއިންވެސް ގޯލް ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރިއެވެ. ނަމަވެސް ވެމްކޯގެ ކީޕަރު ޒައިދާން އަޙުމަދުވަނީ މަތަކޮށްފައެވެ.

ޕޮލިސް ކުލަބުންވަނީ އެލައިޑްގެ މައްޗަށް 4 ލަނޑު 1 ލަނޑުން ކުރި ހޯދާފައެވެ. މިމެޗްގައި ޕޮލިސް ކުލަބްގެ އަޙުމަދު ރިޝްފާން ވަނީ ދެ ލަނޑުކާމިޔާބުކޮށްފައެވެ. އަނެއް ދެނަލަޑު ކާމިޔާބުކޮށްދިނީ އަދި ޒާޔިދު މުސްތަފާ އާއި އަލީ ފަހުމީއެވެ. މެޗްގައި އެލައިޑުން ޖެހި ހަމައެކަނި އެޓީމަށް ކާމިޔާބުކޮށްދިނީ އަންސަރު އިބްރާހީމެވެ. 18/30 ވުމެން ފުޓްސަލް ފިއެސްޓާގައި ރޭވަނީ ދެ މެޗް ކުޅެފައެވެ. ދިވެހި ސިފައިންގެ ކުލަބު ވަނީ 22 ލަނޑު 2 ލަނޑުން ޓްރޭޑް ކްލަބްގެ މައްޗަށް ކުރި ހޯދާފައެވެ. އަދި ފެނަކަ އާއި ވެމްކޯ ބައްދަލުކުރި މެޗް 1 ލަނޑު 1 ލަނޑުންވަނީ އެއްވަރުވެފައެވެ. މިމުބާރާތުގެ މެޗްތައް މިރޭވެސް ކުރިއަށްދާނެއެވެ.