ކުޅިވަރު

ސާފް ސުޒުކީ ކަަޕްގައި ރާއްޖެ ކުޅުނު ފުރަަތަމަ މެޗް ކާމިޔާބުކޮށްފި




  ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ
ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކޮށްފިއެވެ. ބޫޓާނާ ވާދަކޮށް ރާއްޖެ މިމެޗް ކާމިޔާބުކުރީ
ތިންލަނޑު އެއްލަނޑުންނެވެ.

މެޗްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގައި ރާއްޖެއަށް
ކާމިޔާބުކޮށްދިނީ އިމާޒްއެވެ. މިލަނޑު އިމާޒް ކާމިޔާބުކުރީ އަޝްފާގު ދިން ރީތި ޕާހަކުންނެވެ. ރާއްޖެއިން ލަނޑުޖެހިތާ މާގިނައިރުތަކެއް ނުވަނީސް
ބޫޓާނުން ނަތީޖާ ހަމަހަމަކުރިއެވެ. ރާއްޖޭގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ
ނަގައިގެން މިލަނޑު ބޫޓާނަށް ކާމިޔާބުކޮށްދިނީ ޝެރިންގ ދޯރްޖީއެވެ.

ފުރަތަމަ ހާފްގައި
ރާއްޖެއަށް ދެވަނަ ފަހަރަށް ލީޑު ހޯދަދިނީ އަސަދުﷲ އަބްދުﷲއެވެ. މުޅި މެޗްގައި ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ރާއްޖެއަށް ލިބުނުކަން ފާހަގަކޮށްލެވެއެވެ.
ދެވަނަ ހާފްގައި ރާއްޖޭގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން އަލީ
އަޝްފާޤެވެ. އަޝްފާގު މިލަނޑު ޖެހީ ގިނަ ޑިފެންޑަރުންތަކެއް ނައްޓާލުމަށް ފަހުގައެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗްގައި މިމަހުގެ 26 ވަނަ
ދުވަހު ނިކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އަދި ގްރޫޕްގެ ފަހު މެޗްގައި މިމަހު 28ވަނަ ދުވަހު ނިކުންނާނީ އަފްޤާނިސްތާނާ ދެކޮޅަށެވެ.