ކުޅިވަރު

ދުބާއީ މެރަތަންގައި ބައިވެރިވުމަށް ރާއްޖޭގެ 4 އެތުލީޓުން ފުރައިފި


ޓާގެޓަކީ ޤައުމީ ރިކޯޑް އާކުރުން ކަމަށް ރާއްޖޭގެ އެންމެ ވަރުގަދަ ދިގު ދުވުންތެރިއާ މުޙައްމަދު ރަޝީދު ބުނެފިއެވެ.

އަބޫދާބީގައި އޮންނަ އެޑްނޮކް އަބޫދާބީ އިންޓަނޭޝަނަލް މެރަތަންއަށް ފުރުމުގެ ކުރިން ޕީ.އެސް.އެމް ސްޕޯޓްސްއާ ވާހަކަދައްކަމުން މުޙައްމަދު ރަޝީދު ބުނީ އަމާޒަކީ ރާއްޖޭގެ ރިކޯޑް އާކުރުން ކަމަށާއި އެކަން ހާސިލްނުވެއްޖެނަމަ ދެން މަސައްކަތް ކުރަނީ ޕާސަނަލް ބެސްޓް ނެރުމަށް ކަމަށެވެ.
މުހައްމަދު ރަޝީދު ވަނީ ނިމިގެންދިޔަ ޤައުމީ އެތްލެޓިކްސް މުބާރާތުގައި ދިގު ދުވުންތަކުން ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. މިގޮތުން ދިހަ ކިލޯމީޓަރާއި 5 ކިލޯމީޓަރު ދުވުމުން ރަން މެޑަލް ހޯދިއިރު 1.5 ކިލޯމީޓަރު ދުވުމުން ރިހި މެޑަލް އޭނާ ވަނީ ހޯދާފައެވެ.

މުހައްމަދު ރަޝީދުގެ އިތުރުން މިހާރު ރާއްޖޭގައި ހުރި އެންމެ ގިނަ މެރަތަންގައި ބައިވެރިވެފައިވާ މަޝްހޫރު ދުވުންތެރިއާ ނަސްރުﷲ އަހުމަދާއި، ދެވަނައަށް އެންމެ ބާރު އަންހެން މެރަތަން ދުވުންތެރިއާ އައިޝަތު ރިޝްމީ އާއި ނިމިގެންދިޔަ ޤައުމީ އެތްލެޓިކްސް މުބާރާތުން ތިން މެޑަލް ހޯދި ޒުވާން ދުވުންތެރިއާ ޢާއިޝަތު ރާނިޔާވެސް އަބޫދާބީ މެރަތަންގައި ރާއްޖެ ތަމްސީލް ކުރާނެއެވެ. އަބޫދާބީގައި އޮންނަ އެޑްނޮކް އަބޫދާބީ އިންޓަނޭޝަނަލް މެރަތަންގައި ނަސްރުއްﷲ އަހުމަދު، މުޙައްމަދު ރަޝީދު އަދި ޢާއިޝަތު ރިޝްމީ ދުވާނީ ފުލް މެރަތަންގައެވެ. އަދި ޢާއިޝަތު ރާނިޔާ ދުވާނީ 10 ކީލޯމީޓަރު ދުވުމަގައެވެ.

އަބޫދާބީގައި އޮންނަ އެޑްނޮކް އަބޫދާބީ އިންޓަނޭޝަނަލް މެރަތަންއަށް މި 4 ދުވުންތެރިން މިހާރު ފުރާފައިވާއިރު، ރާއްޖެއިން ދާ ޓީމް ސްޕޮންސަރކޮށްފައިވަނީ ބުލޫ ސްޓަރ އެންޑް އެރީނާ ހޮޓަސްއިންނެވެ.